ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންގެ ލިސްޓުގަ ތިބާގެ ނަން އޮތުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ ދުނިޔެއިން ނުކުންނައިރު ގެންދެވުނުވަރަކުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންގެ ލިސްޓުގަ ތިބާގެ ނަން އޮތުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ ދުނިޔެއިން ނުކުންނައިރު ގެންދެވުނުވަރަކުން!: މުފްތީ މެންކް

މިއަދު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް އަމާޒުކުރެވިފައިވަނީ ދުނިޔޭގެ ތަނަވަސްކަމަށެވެ. އެހެންވެ ތަނަވަސްކަން ހޯދަން މަސައްކަތްކުރުމުގައި ގިނަބައަކަށް މިއަދުމިވަނީ ވަރަށް ބޮޑަށް މަގު އޮޅިފައެވެ. ޢަޒުމަކަށްވަނީ މިވެނި މީހަކަށްވުރެ ފުދުންތެރި މީހަކަށްވުމެވެ.

މިއީ މުސްލިމުން ވިސްނައިގެންވާނެ ގޮތެއްނޫނެވެ. ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރަން މުސްލިމުންނަށް ހުއްދައެވެ. ނަމަވެސް އެއްވެސް މީހަކާއި ވާދަކުރުމެއް ނެތެވެ. އޮތީ ގިނައިން ދެއްވެވި ވަރަކަށް ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގެ ނިޔަތުގައި މަސައްކަތްކުރުމެވެ.

ތިބާއަށް 100 ބިލިއަން ޑޮލަރުގެ ތަނަވަސްކަން ދެއްވެވިނަމަވެސް ތިބާއަށް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެއިގެ ތެރެއިން އެންމެ ބިލިއަނެއްވެސް ތިބާގެ އުފާތަކަށް ޚަރަދުނުކުރެވެނީސް އޮންނާނީ ދުނިޔެދޫކުރަންޖެހިފައެވެ.

މީސްތަކުންނޭވެ! ލިބޭ މިންވަރަކުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރާށެވެ! މއަިންބަފައިންނާއި ޢާއިލާގެ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. ޙާލުގައި ޖެހިފައިވާ މީހުން ހޯދައިގެންވެސް އެހީތެރިވާށެވެ! އަނބިދަރިންނަށް ޙައްޤު މިންވަރުދޭށެވެ! ދަހިވެތި މީހަކަށް ނުވާށެވެ! ﷲ ތައާލާގެ މަގުގައި ހޭދަކުރިވަރަކަށް އެމީހަކަށް އިތުރުކުރައްވަވައިދެއްވަވާނެ ކަމަށް އޮތް ވަހީބަސްފުޅަށް ސަމާލުކަންދޭށެވެ! ވީހައި ގިނައިން ހިފައިގެން އާޚިރަތަށް ދެވޭ މީހަކުކަމުގައިވުމަށް މަސައްކަތްކުރާށެވެ!

ފައިދާކުރާނީ ބިލިއަނަރުންގެ ލިސްޓުގައި ނަން އޮތުމަކުން ނޫނެވެ! އާޚިރަތަށް ގިނައިން ގެންދެވުނުވަރަކުންނެވެ! އާޚިރަތަށް ގެންދެވޭނީ ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްގެންނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން