އަންހެނުން ހައިޟުގެ ދުވަސްވަރުގައިވެސް ޤުރްއާނުގެ މި ބައިތައް ކިޔެވުން ހުއްޓާނުލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަންހެނުން ހައިޟުގެ ދުވަސްވަރުގައިވެސް ޤުރްއާނުގެ މި ބައިތައް ކިޔެވުން ހުއްޓާނުލާށެވެ!: މުފްތީ މެންކް

ޙައިޟުވުމުން އޮތީ ނަމާދުނުކުރުމެވެ. މުޞްހަފްގައި ނުބީހުމެވެ. މުޞްޙަފްގައި ނުބީހެން އޮތް ނަމަވެސް ހިތުން އެނގޭ މިންވަރެއް ނުކިޔާކަށް ނެތެވެ. ފޯނުބަލައިގެންވެސް ކިޔެވޭނެއެވެ. ނަމާދާއި ދުރުހެލިވާންޖެހުމުން ގިނަ ބައަކަށް އަޅުކަމާއި ދުރުހެލިވެވެއެވެ. އެއީ ޝައިޠޯނާގެ ސަބަބުންނެވެ. ފުރުޞަތުގެ ބޭނުން ޝައިޠޯނާ ހިފަނީއެވެ.

އަންހެނުން ހައިޟުވެގެން ނުވަތަ މައްސަރު ކަންތައް ޖެހިގެން ތިބޭ އިރުވެސް ކިޔެވުން ހުއްޓާލައިގެން ނުވާނެ، ކޮންމެހެންވެސް ކިޔަވަން ޖެހޭނެ ބައިތަކެއް ޤްރުއާނުގައިވެއެވެ!

1 އާޔަތުލްކުރުސި: ނިދުމުގެ ވަޤުތުގެ އިތުރުން ފަތިހު އާއި މަޣްރިބް ނަމާދު ވަގުތު ޖެހުމުން އާޔަތުލްކުރުސި 3 ފަހަރު ކިޔަވަން ވާނެއެވެ.

2 ކީރިތި ޤްރުއާނުގެ އެންމެ ފަހު 2 ސޫރަތް: (އަލްފަލަޤް، އައްނާސް ސޫރަތް) ފަތިހު އާއި މަޣްރިބް ނަމާދު ވަގުތު ޖެހުމުން 3 ފަހަރު ކިޔަވަންވާނެއެވެ.

3 ބޭނުންނަމަ އިޚްލާޞް ސޫރަތް 3 ފަހަރު ކިޔެވުން އިތުރުކުރާށެވެ!

3 ވީވަރަކުން ބަޤަރާ ސޫރަތް ކިޔަވާށެވެ!

މައްސަރުކަންތައް ޖެހިގެން ތިބޭއިރު ކޮންމެހެން ކިޔަވަން މިބުނަނީ އެ ދުވަސްތަކުގައި ޝައިޠާނުންގެ އުނދަގޫ ބޮޑުވާނެތީއެވެ. ސިހުރު ހާހޫރައިގެ އަސަރުކުރުން ފަސޭހަވާނެތީއެވެ.

މައްސަރު ކަންތަކުން ސަލާމަތްވެ ހުންނައިރުވެސް މިކަންކަން ކުރަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔަވަންވާނެއެވެ. ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި 3 ފަހަރު ކިޔަވައި ކީރިތި ޤްރުއާނުގެ އެންމެ ފަހު 2 ސޫރަތް: 3 ފަހަރު 3 ފަހަރު ކިޔެވުމަކީ ޝައިޠާނުންނާއި ހަސަދަވެރިންގެ ކިބައިން އަދި ސިހުރު ހާހޫރަތަކުން ސަލާމަތްވުމަށް ކޮންމެ މީހަކަށް ވެސް ދެއްވަވާފައިވާ އައްޑަނައެކެވެ. އައްޑަނައިގެ ބޭނުން ނުހިފައި ހުއްޓައި މުޞީބާތެއް ކުރިމަތުވުމުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން