ދަރިންގެ ނަމުގަ ހުޅުވާ ސޭވިންގ އެކައުންޓުގަ ހުންނަ ފައިސާއަށް އިތުރުވާ އިންޓަރެސްޓާއެކު ދަރިންނާ އެކައުންޓް ޙަވާލުކުރުން- ނުރއްކާތެރިކަން ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދަރިންގެ ނަމުގަ ހުޅުވާ ސޭވިންގ އެކައުންޓުގަ ހުންނަ ފައިސާއަށް އިތުރުވާ އިންޓަރެސްޓާއެކު ދަރިންނާ އެކައުންޓް ޙަވާލުކުރުން- ނުރއްކާތެރިކަން ބޮޑު ފާފައެއް!

ދަރިފުޅު ކުޑައިރު ކޮމާޝަލް ބޭންކެއްގައި އެކައުންޓެއް ހުޅުވައިދީ ފައިސާ ޖަމާކުރަމުންދާނަމަ އަހަރުތަކެއް ފަހުން އެ އެކައުންޓް ދަރިފުޅާއި ޙަވާލުކުރެވޭނަމަ އެއިގައި އިންޓަރެސްޓުގެ ގޮތުގައި ފައިށާތަކެއް ހުންނާނީ ޖަމާވެފައެވެ. ވީމާ އިންޓަރެސްޓާއިއެކު ދަރިފުޅާއި އެކައުންޓް ޙަވާލުކުރުމަކީ ކޮންކަހަލަ ކަމެއްތޯ"

އިންޓަރެސްޓްގެ ގޮތުގައި ޖަމާވެފައި ހުރި ފައިސާ ނަގައި ޞަދަޤާތްކުރަންވާނެއެވެ. އެފައިސާގެ ތެރޭގައި ރިބާގެ ކިތަންމެ ކުޑަމިންވަރެއް ހިމެނިފައިވާނަމަވެސް އެހުރިހާ ފައިސާއެއް ޙަރާމެވެ. އަދި އިންޓަރެސްޓް ޖަމާވެފައިވާ އެކައުންޓަކުން އިންޓަރެސްޓް ވަކިނުކޮށް ދަރިންނަށް ޚަރަދުކުރެވޭނަމަ އެކަންވެސް ހިމެނިގެންދާނީ ހަމަ މިޙުކުމުގެ ތެރެއިންނެވެ.  

މިހާރު އިސްލާމިކް ބޭންކް އެބަހުއްޓެވެ. ދަރިންނަށްޓަކައި އިސްލާމިކް ބޭންކުތަކުގައި އެކައުންޓް ހުޅުވާށެވެ!   

ސޭވިން އެކައުންޓްއިން ލިބޭއިންޓްރެސްޓް ކޮންމެއަހަރަކުވެސް ނަގާ އެލާރިން ޞަދަޤާތްކުރުމުން ރިބާނެގިކަމުގެ އަޒާބު އޭނައަށް ނުލިބޭނެކަމަށް އަޅުގަނޑަށް ކިޔަވައިދެއްވި އިސްލާމްމު ދައްރިސަކު ބުނުއްވާފަވެއެވެ. މިއީކިހާވަރެއްގެ ހަޤީޤަތެއްތޯ؟ އަދި މިކަމުގެ ރަނގަޅުގޮތަކީ ކޮބައިތޯ؟ 

ބޮޑަށް ރަގަޅީ ކަރަންޓު އެކައުންޓެއް ހުޅުވާފައި، ހުރިހާ ފައިސާ އެއް ކަރަންޓު އެކައުންޓަށް ބަދަލުކޮށް، ސޭވިންގް އެކައުންޓު ބަންދު ކުރުމެވެ. 

ސޭވިންގް އެކައުންޓިން ލިބޭ ފައިސާ އަމިއްލައަށް ބޭނުން ކޮށްގެން ނުވާނެއެވެ. އެއިން ސަލާމަތްވުމަށް ހެދޭނެ ގޮތަކީ އެފައިސާ ފަގީރަކަށް ޞަދަގާތް ކުރުމެވެ. 

މިއީ، ސޭވިންގް އެކައުންޓު ގެ ޙަގީގަތް ނޭގި އޭގެ އެކައުންޓެއް ހުޅުވި، ފައިސާ ލިބިއްޖެނަމަ ކަންތައް ކުރާނެ ގޮތެވެ. ނަމަވެސް ސޭވިންގް އެކައުންޓުގެ ޙަގީގަތް އެނގި، އެއިން ލިބޭ ފައިސާ އިން ފަގީރުންނަށް ޞަދަގާތް ކުރާނީޔޭ ކިޔާ އެފަދަ އެކައުންޓެއް ހުޅުވައިގެން ނުވާނެއެވެ. އެންމެ ހެޔޮ ޞަދަގާތަކީ ތިމާ ލޯބިކުރާ އެއްޗަކުން ދޭ ޞަދަގާތެވެ. އެހެންކަމުން، ޙަލާލުނުވެގެން އެއްލާލަން ޖެހޭބައިން ޞަދަގާތް ކުރުމުގެ ބަދަލުގައި ޙަލާލު ރަގަޅު ބައިިން ސަދަގާތް ކުރައްވާށެވެ.  

ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. ( الصَّدَقَةُ تُطْفِئُ الْخَطِيْئَةَ كَمَا يُطْفِئُ الْمَاءُ النَّارَ)

މާނައަކީ: "ފެނުން އަލިފާން ނިވާލާ ފަދައިން، ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ".

والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން