ކޮންމެ ރެއަކުވެސް ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ރޭއަޅުކަންކުރުން މުހިންމުވާ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކޮންމެ ރެއަކުވެސް ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ރޭއަޅުކަންކުރުން މުހިންމުވާ ބައެއް ސަބަބުތައް-

ދަމުނަމާދުކޮށް އެހެންވެސް ރޭއަޅުކަންކުރުމުގެ އެންމެ ބޮޑު އެއް ފައިދާ އެނގޭހެއްޔެވެ؟ މިމޭރުމުން ނިކަން ވިސްނައިލަބަލާށެވެ! 

އަހަރެމެންގެ ޢަމަލުތައް އެންމެ ރަނގަޅު ގޮތުގައި ބަހައްޓަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އުނިކަންތައްތަކެއް ހުންނާނެއެވެ. ކޮންމެ މީހަކަށްވެސް ޤަޞްދުގައިވެސް ނުވަތަ ޤަޞްދަކާއި ނުލައިވެސް ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވޭނެއެވެ. ހަމަ އެއާއިއެކު ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު އަޅުކަމެއް ހުންނާނީ ނުކުރެވިއެވެ.  

ވީމާ ކިޔަމަންތެރިކަމާއިއެކު ރޭއަޅުކަންކުރަންވީ އެންމެ ބޮޑު އެއް ބޭނުމަކީ ދުވާލު ކުރަންވީ ވަރަށް އަޅުކަން ނުކުރެވުނީތީ އެކަންކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން މާފަށް އެދުމަށެވެ. އަދި ކުރެވުނު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ.  

އެއިރުން އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ކިޔަމަންތެރިއަކު ކަމުގައިވެގެންދާނެއެވެ. އަދި އެދުވަހުގެ އުނިކަން ފިލުއްވަވައި ދެއްވަވާ ބާރަކަށްވެގެންދާނެއެވެ. އަދި ކޮންމެ ރެއަކުވެސް އެދުވަހު ކުރެވުނު ފާފަތަކަށް ތައުބާވަމުންދާނަމަ ނިދީން ހޭލެވި އަނެއް ދުވަސް ފެށިގެންދާނީ އެއްވެސް ފާފައެއް ނެތް މީހެއްގެ ގޮތުގައެވެ.  އިން ޝާ ﷲ. 

ވީމާ ކޮންމެ ރެއަކުވެސް ދަމުނަމާދުގެ އެންމެ 2 ރަކްޢަތްނަމަވެސް ކުރަމުން ގެންދާށެވެ! އަދި މިބަޔާންކުރި މަގުން ދުޢާކޮށް ތައުބާވަމުން ގެންދާށެވެ! އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ދެއްވަވާ ނިޢްމަތްތައް ގިނައި ޢދަދުވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން