ސިޙުރުވެރިއެއްގެ ގާތަށްދާއިރަށް އެމީހަކަށް ސިޙުރެއް ޖެހިފައިވާކަމަށް ބުނަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސިޙުރުވެރިއެއްގެ ގާތަށްދާއިރަށް އެމީހަކަށް ސިޙުރެއް ޖެހިފައިވާކަމަށް ބުނަނީ ކީއްވެ؟: މުފްތީ މެންކް

ކިރިޔާ ކަމެއް މެދުވާއިރަށް ނުވަތަ ޝައްކެއްވެލިޔަސް ސިޙުރުވެރިއެއްގެ ގާތަށްދާ މީހުން އުޅެއެވެ. ކިރިޔާ ކަމެއް މެދުވާއިރަށް ކޮންމެވެސް ސިހުރުވެރިއެއްގެ ގާތަށް ދިއުމަށް ބައެއް މީހުން އަވަސްވެގަނެއެވެ. 

ސިޙުރުވެރިއެއްގެ ގާތަށް ދާއިރަށް ކޮންމެވެސް ކަމެއް ބަލާކަމުގެ އެކްޓެއް ދައްކާލާފައި ފުރަތަމަވެސް ބުނާނީ ކޮންމެވެސް މީހަކު ކޮންމެވެސް ސިހުރެއް ހަދާފައިވާ ކަމަށެވެ. 

ދާދިފަހުން ސިޙުރުވެރިއެއްގެ ގާތަށް އަންހެނަކު ދިއުމުން ކޮންމެވެސް ހިސާބެއް ޖަހާލާފައި ފުރަތަމަވެސް ސުވާލުކުރީ ޢަދާވާތްތެރިއަކު ހުރިކަން ފާހަގަކުރެވޭތޯއެވެ. އޭނާ ބުނީ އެކުވެރިއަކު ރުޅިވެފައިވާ ކަމަށާއި އަދި ފަހަރިއަކު ވަރަށް ހަސަދަލާކަމަށް ޝައްކުކުރެވޭ ކަމަށެވެ. 

އެހެން ހަމަ ބުނާއިރަށް ސިޙުރުވެރިޔާ ބުނީ ފަހަރި މީހަކު ލައްވައި ބޮޑު ސިޙުރެއް ހައްދުވައިގެން އުޅޭކަމަށެވެ. އަދި އެކަމުން ސަލާމަތްވެވޭނީ ވަރަށް ގިނަ މަސައްކަތްކޮށްގެން ކަމަށެވެ. އެކަންކުރަން ހޯދަންޖެހޭ ތަކެތީގެ އަގު ވަރަށް ބޮޑުވާނެ ކަމަށެވެ. 

ވާހަކަ ކިހައި ރީތި ހެއްޔެވެ؟ މިއުޅެނީ ޞިހުރުވެރިޔާ ފައިސާ ހޯދާކަށް ނޫންވިއްޔާއެވެ. ފައިސާ ދޭން މިޖެހެނީ އަގިބޮޑު ތަކެތި ގަންނަން ވިއްޔާއެވެ. 

ޞިހުރުވެރިން އެގޮތަށް ކަންތައްކުރާ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ މީހުން ސިހުރުވެރިންގެ ގާތަށް ދަނީ އެގޮތަށް ޔަޤީންކޮށްގެންކަން ސިހުރުވެރިންނަށް އެނގޭތީއެވެ. އެމީހާގެ ހިތް ހަމަޖައްސައިދީ އެމީހާގެ ކިބައިން ނާޖާއިޒު ފައިދާ ހޯދައިގަތުމުގެ ބޭނުމުގައެވެ. 

މިފަދަ ވާހަކަތައް ވަރަށް ގިނައިން އެބަ ކިޔައިދެވެއެވެ. ނަމަވެސް ވިސްނަނީ މަދުމީހެކެވެ. މިއީ ވަރަށް ދެރަކަމެކެވެ. ބިޙުރުވެރިންގެ ގާތަށް ދިއުމަކީވެސް އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރުމަކީވެސް މުސްލިމަކު ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެއީ ޝިރުކުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމަށްވާތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން