ސަރުކާރުގެ ޑްރާމާ- ހެޔޮފުޅުކަމުން ބިލް މަޖިލީހުގަ! ގިނަ ދުވަސްކޮށް ރައްޔިތުން ހަނދާން ނައްތާލުވަން ހީލަތްތެރި ރޭވުން ރޭވިޔަސް ޖީބު ހުސްވަންޏާ ހަނދާން ނައްތަވައިލެވޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ސަރުކާރުގެ ޑްރާމާ- ހެޔޮފުޅުކަމުން ބިލް މަޖިލީހުގަ! ގިނަ ދުވަސްކޮށް ރައްޔިތުން ހަނދާން ނައްތާލުވަން ހީލަތްތެރި ރޭވުން ރޭވިޔަސް ޖީބު ހުސްވަންޏާ ހަނދާން ނައްތަވައިލެވޭނެތޯ؟

މިސަރުކާރަކީ ފެށުނީންސުރެ ޑްރާމާކުޅެ ރައްޔިތުން ހައްދުވައިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުވައިގެން ސަރުކާރުން ހިންގުމުގެ ނަމުގައި އެކުރާ ކަންކަން ކުރާ ސަރުކާރަކަށްވާތީ ކޮތަޅުން ސަރުކާރަށް ފައިސާ ނެގުމުގެ ނަމުގައިވެސް މަސައްކަތް އެކުރަނީ ޑްރާމާކުޅެގެން ކަންކަން ޙައްލުކުރަން ކަމަށް ބެލެވެއެވެ. 

ރައީސުލްހުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ރަނގަޅު ގޮތެއް ހަމަޖައްސައިދޭން ބިލް މަޖިލީހުގައެވެ. ގޮދަޑިދޮށުގަ ބިލްބާއްވާފަ ގޮދަޑިމަތީގަ މަޖިލިސް ނިދީއެވެ. އެކަމަކު މަޖިލީހުގަ ގިނައީ ރައީސް އިބްރާހީމްގެ މެންބަރުންނެވެ. 

ރައީސް އިބްރާހީމް ކުރައްވާނެ ހަމަ އެއްވެސް ކަމެއް މިހާރު ނެތީޔޯލައެވެ. ޤާނޫނުގައި ލިޔެ ފާސްކުރުމުން އެ ބިލް ތަޞްދީޤް ކުރެއްވީ އަވާމެންދުރުގައި ހުންނަވައިގެން ކަމަށްވީނަމަވެސް ތަޞްދީޤް ކުރެއްވުނީތީ މިހާރު ކުރެއްވޭނެ ކަމެއް ނެތީޔޯލައެވެ. ފަޤީރު ރައްޔިތުން ކޮންމެ ގެއަކުން މަދުވެގެން 600 ރުފިޔާ އާއި ތަނަވަސްގެތަކުން 2000 ރުފިޔާ އާއި ދެމެދުގެ ޢަދަދުތަކުން މީރާއަށް ދައްކަދައްކައި ތިބުން ނޫން ގޮތެއް ނެތެވެ.

އަޅެ މިވަރަށް އޮޅުވާލައިގެން އެގޮތް މިގޮތް ހަދައިގެން ނިކަމެތި ފަޤީރުންގެ ނިކަމެތިކަން އިތުރު ނުކުރުވައި ހަމަ ސަރުކާރެއް ނުހިންގޭނީ ބާވައެވެ! ނޫނެކެވެ ހިންގޭނެއެވެ. މިފަހަރު މިޖެހި މަޅިއަކީ އެތައް ބައަކު މެރިނަމަވެސް ދުވަސްކޮޅެއްވުމުން ދިވެހިންނަކީ ވަރަށް ފަސޭހައިން ހަނދާންނެތޭ ބައަކަށްވުމުން މަޖިލިސް ހުޅުވެންވާއިރަށް ހަނދާން ނެތޭނެ ކަމަށް ބަލައި ބޮޑު މަކަރެއް ހަދައިލީއެވެ!  

ރައީސް އިބްރާހީމް އެވެ! ނިކަމެތިންގެ ޖީބަށް އަތްބާނުވައިގެން މީރާ ލައްވާ ތިއަ ނަންގުވާ ފައިސާގެ މަތިން ރައްޔިތުންގެ ހަނދާނެއް ނުނެތޭނެއެވެ! އެކަމުގައި މަނިކުފާނު މިހާރު ތިއަ ހައްދުފަހަނައަޅައި ކުރިއަށް ވަޑައިގަތީއެވެ! މަނިކުފާނަށާއި މަނިކުފާނުގެ އަޢުވާނުންނަށް ރައްޔިތުްނެގ ފައިސާއިން ޚަރަދުކުރާނެ ވަރަކަށް ޚަރަދުކޮށް ފައިސާ މަތީގަ އުދުހެވޭނެ ވަރަށް ފައިސާ ލިބުނަސް ނިކަމެތި ރައްޔިތުން ތިބީ ވަރަށް ދަތިޙާލުގައެވެ. 

ފަޤީރު މީހާގެ 5 ހެދިކާއިން 1 ހެދިކާ ސަރުކާރުން އަންގައިގެން މީދާކައިލާ އުޞޫލުން ކަންކަން ތިއަ ކުރައްވަނީ މަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް ހަމަ އެއްވެސް ރަޙުމެއް ކުލުނެއް ނެތީމައެވެ! 

ގުޅުންހުރި އިތުރު ޚަބަރު ވީނިޔުސްއިން:

މިއަދު ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށްދާއިރު، ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ މަސައްކަތް ނުނިމޭތީ، އެ ބިލާ ގުޅޭ ވޯޓަކަށް މިއަދު ނާހާނެ ކަމަށެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 18ވަނަ ދުވަހު ތަސްދީގުކުރި ކުނި މެނޭޖްކުރުމުގެ ގާނޫނާއިމެދު އާއްމުންގެ ގިނަ ޝަކުވާތަކެއް ހުރިއިރު ކޮތަޅުގެ އަގުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ ހުސްވި މާޗްމަހުގެ 27ވަނަ ދުވަހުއެވެ.

ގަވާއިދާއި އެއްގޮތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވިޔަފާރިކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަމުންދާއިރު ކުނި މެނޭޖު ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި އޮތީ ކޮތަޅު ބޮނޑިއެއްގެ އަގު ބޮޑު ކުރަން މަޖުބޫރުވާ ގޮތަށެވެ.

މިކަމާއިމެދު އާއްމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ކުނި މެނޭޖްކުރުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ހިމެނޭގޮތައް އިސްލާހެއް ހުށައަޅާފައިވާ ކަމަށެވެ.

ޖީއެސްޓީ ބޮޑުކޮށް، ތަކެތީގެ އަގުވެސް އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި، ނިކަމެތި އާންމު ރައްޔިތުންގެ އަތުން އިތުރު ޚަރަދެއް ކުރުމަށް، މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ތަސްދީގުކުރެއްވި ޤާނޫނަކުން ނިންމާފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން މިކަމާ ގުޅިގެން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

 

މިއަދު އޮންލައިން