ރައްޓެހިންނަށް ކާންދޭން، ކޮފީދޭން ދަރަނިވެރިވުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރައްޓެހިންނަށް ކާންދޭން، ކޮފީދޭން ދަރަނިވެރިވުމެއް ނެތެވެ!

ރައްޓެހިންނަށް ކާންދޭން ނުވަތަ ކޮފީދޭން ވަޢުދުވާފަހުން އަތްމަތި ދަތިވެ އެކަން ނުކުރެވޭ ޙާލަތަށް ދިއުމުން، އެކަން ނުކޮށްފިނަމަ ވަޢުދު ނުފުއްދި، ފާފަވެރިވާނެ ކަމުގެ ބިރަށް ބައެއް މީހުން ދަރަނިވެރިވެގެންވެސް އެކަން އެބްކުރެއެވެ. އަދި އަނބިދަރިންނަށް ޚަރަދުކުރަން ހުންނަ ފައިސާކޮޅުމްވެސް އެކަން އެބަކުރެއެވެ. މިއީ އެކަންކުރަން ދީނުގައި އޮތް ގޮތެއް ނޫނެވެ. އެބާވަތުގެ ވަޢުދުތައް ފުއްދުން އޮތީ ތަނަވަސްކަން ހުރިނަމައެވެ. 

ރަހްމަތްތެރިން އެދުމުގެ މަތިން ސައިދޭން، ނުވަތަ ކާންދޭން އެއްބަސްވެފަ ފަހުން އެކަން ހަދާން ނެތިގެން ނުވަތަ އަތްމަތި ދަތިކަމުން އެމީހުންނަށް ސައި  ނުވަތަ ކާން ނުދެވިއްޖެއްޔާ ފާފަވެރިވާނެ ތޯއެވެ؟ ނޫނީ ދޮގު ހެދީ ކަމަށްވާނެ ތޯއެވެ؟ 

ސުވާލުގައި ބަޔާންކޮށްފައިވާ 2 ކަންތަކަކީވެސް މަގްބޫލު ދެޢުޛުރެވެ. ވީމާ، އެސަބަބުތަކާ ހުރެ ވަޢްދު ނުފުއްދުނުނަމަވެސް ދޮގު ހެދީ ކަމަކަށް ނުވާނެއެވެ. އަދި ފާފަވެރި އެއްވެސް ނުވާނެއެވެ. واللهأعلم   

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން