ރަމަޟާން މަހަށް ފަހު ދަމުނަމާދު ނުކުރީމާ އެވީ ކިހިނެއްކަން އެނގޭތަ؟ މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރަމަޟާން މަހަށް ފަހު ދަމުނަމާދު ނުކުރީމާ އެވީ ކިހިނެއްކަން އެނގޭތަ؟ މުފްތީ މެންކް

މީސްތަކުންނޭވެ! ފާއިތުވި ރަމަޟާން މަހު އަހުރެމެން އެންމެންވެސް ފަރުޟު ނަމާދުތަކާއި ރަވާތިބް ސުންނަތާއި ރޭއަޅުކަންކުރީމުއެވެ. އެއް ބައަކު ތަރާވީޙް ނަމާދުގެ 8 ރަކްޢަތާއި ވިތުރިގެ 3 ރަކްޢަތްވެސް ކުރީމުއެވެ. އަނެއް ބައަކު އެ 11 ރަކްޢަތުގެ އިތުރުން ދަމުނަމާދުވެސް ކުރިއެވެ. 

މީސްތަކުންނޭވެ! މިހުރިހާ ނަމާދުތަކެއް ރަމަޟާން މަހުގައި ކުރުމަށްފަހު ރަމަޟާން މަސް ދިއުމުން އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކާއި ރަވާތިބް ސުންނަތާއި ވިތުރި ނުކޮށް ހުއްޓާލަން ހެޔޮވެދާނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ރަމަޟާން މަހު އަހުރެމެން ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވިކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ކުރެވެން އޮތީ އުންމީދެކެވެ. އެ އުންމީދުގައި ކުލަޖަހުން އޮތީވެސް ރަމަޟާން މަހަށްފަހު ތަޤްވާވެރި ވެވުނުވަރަކުންނެވެ. 

މީސްތަކުންނޭވެ! ރަމަޟާންމަހަށް ފަހުގައިވެސް އެންމެ ކުޑަމިނުން ހިފަހައްޓަން މިބުނި 3 ޢަމަލުގައި ހިފަހައްޓަމުން ދަމުނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނޫންނަމަ އެއިގެ މާނައަކީ ނިމިގެން ދިއަ ރަމަޟާން މަހުން ތިބާއަށް އެއްވެސް ފައިދާއެއް ނުކުރި ކަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން