ކައިވެނިކުރުމާ ކައިވެނީގެ ވަލީމާ އާއިބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކައިވެނިކުރުމާ ކައިވެނީގެ ވަލީމާ އާއިބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

ކައިވެނީގެ ވަލީމާ އަކީ ކައިވެނި އިޢުލާނު ކުރުމުގެ ގޮތުން ބޭއްވޭ އެންމެ ބޮޑު އެއް ޙަފްލާ އެވެ. އެންމެ އުފާވެރި އެއްވަގުތު ކޮޅެވެ. އެހެންކަމުން، ކައިވެނީ ގެ އެންމެ އުފާވެރި އެއްވަގުތުކޮޅުގައި ކަތިގޮތަކަށް އެއްވެސް ކަމެއް ވިޔަ ނުދީ ހިފެހެެއްޓޭތޯ ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ.

އަންހެނުންނާއި ފިރިހެނުން އެއްތަނަކަށް އެއްވެ، މަސްހުނިވެގެން އުޅުމަކީ، އޭގެ ސަބަބުން ނުބައި އަޘަރު ތަކެއް ކުރާނެ ކަމެއް ކަމާއި މެދު ބުއްދި ގެ އަހުލުވެރިޔަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން، އުފާވެރި ކައިވެނީގެ ވަލީމާ ގައި ބަޔަކު މީހުން މަގު ގެއްލުމަށް މަގުފަހިކޮށްދޭ ކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެހެންކަމުން، އަންހެނުންނާއި ފިރިހެނުންނަށް އެއްގަޑިއަކަށް ކީކަމުގައިވީނަމަވެސް، ދެމާލަމެއްގައި، ނުވަތަ ދެޖިންސުގެ މީހުން މަސްހުނި ނުވާގޮތަށް ޕާޓީ އިންތިޡާމް ކުރެވޭނެއެވެ. ނުކުރެވޭނެނަމަ، ދެގަޑިއަކަށް ކިޔާނީއެވެ. 

ކައިވެނީގެ ޢަގްދުކޮށް ދިނުމަށްޓަކައި ކޯޓުން ނަގާ ފައިސާ އަކީ ހުއްދަ އެއްޗެކެވެ. އެބޭފުޅުންގެ މަސައްކަތަށް ނަންގަވާ އުޖޫރަ އެކެވެ. 

ކައިވެނީގެ ރަންކިޔުމަކުން އަންބަކަށް ނުވަތަ ފިރިއަކަށްވެސް ނުވެއެވެ. އަންބަކަށް ނުވަތަ ފިރިއަކަށް ވާނީ ކައިވެނީގެ ޢަގްދު ކުރެވުމުންނެވެ. އެހެންކަމުން، ކައިވެނީ ގެ ޢަގްދު ކުރެވުމުގެ ކުރިން ދެމީހުންވެސް ވާނީ ހިލޭ ދެމީހުންނަށެވެ. އަދި އެކަހެރިކޮށް ބައްދަލުކޮށް ހެދުމަކީ ޙަރާމް ކަމެކެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން