ރަމަޟާން މަހުކުރި އަޅުކަމުގަ އުނިކަން ހުރިނަމަވެސް ޤަބޫލުފުޅު ކުރެއްވެވުން ވަނީ ތިބާކުރާ ދުޢާގަ ކަމުގަ ވެދާނެ! ދުޢާކުރުން ހުއްޓާނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރަމަޟާން މަހުކުރި އަޅުކަމުގަ އުނިކަން ހުރިނަމަވެސް ޤަބޫލުފުޅު ކުރެއްވެވުން ވަނީ ތިބާކުރާ ދުޢާގަ ކަމުގަ ވެދާނެ! ދުޢާކުރުން ހުއްޓާނުލާތި!

ޢިލްމުވެރިން ވިދާޅުވެއެވެ. 

"ރަމަޟާން މަސް ނިމުމުން ކުރިއަށް އޮންނަ 6 މަސް ދުވަސް ޞަޙާބީން ހޭދަކުރެއްވެވީ ރަމަޟާން މަހު ކުރި އަޅުކަމާއި ހިފި ރޯދަ ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރުމުގައެވެ. އެކަމަށް އެދި ދުޢާކުރާ މީހަކުކަމުގައިވާށެވެ! ރަމަޟާން މަހު ހިފުނު ރޯދަތަކުގައި އުނި ކަންކަން ހުރިނަމަވެސް ދުޢާގެ ސަބަބުން ޤަބޫލުފުޅު ކުރެއްވެވުމަށް އުންމީދުކުރާށެވެ!" 

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ބަސްފުޅެކެވެ. އަހުރެމެންނަށް ރޯދަ ހިފެނީ އެންމެ ފުރިހަމަ ގޮތުގައި ނޫންކަން ޤަބޫލުކުރަންޖެހޭނެއެވެ. ރޯދައަށް ހުރެ ނުކުރަން އަންގަވާފައިވާ އެތައް ކަންކަން ކުރެވެއެވެ. އަދި ކުރަން އަންގަވާފައިވާ އެތައް ކަމެއް ނުކުރެވެއެވެ. ކުރެވުނަސް ކުރެވެނީ ވަރަށް މަދުންނެވެ. 

އެންމެ ކުޑަމިނުން ކީރިތި ޤުރްއާން ކިޔެވުނު މިންވަރާއިމެދު ވިސްނައިލަމާ ހިނގާށެވެ! ރަމަޟާން މަހަކީ 30 ދުވަސްކަމަށް ބަލައިފިނަމަ އެއީ 720 ގަޑިއިރެވެ. 29 ދުވަސް ކަމަށް ބަލައިފިނަމަ އެއީ 690 ގަޑިއިރެވެ. މެދުމިނަކަށް ކީރިތި ޤުރްއާން ކިޔެވޭ މީހާއަށްވެސް 30 ގަޑިއިރުން ޚަޠިމެއް ކުރެވޭނެއިރު ނިމިގެންދިއަ ރަމަޟާން މަހު ތިބާއަށް ޙާޞިލުކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

ޞަދަޤާތް ކުރުމަށް ސަމާލުކަން ދެވުނީ ކިހައިވަރަކަށް ހެއްޔެވެ؟ މިހެންގޮސް ރޯދައަށް ތިބެ ކުރަންޖެހޭ ކަންކަމުން އެމީހަކަށް ކުރެވުނު މިންވަރު ހިތަށް ގެންނާށެވެ! އެއިރުން މިދެއްކި ވާހަކައިގެ މަޤްޞަދު އެނގިގެންދާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން