މި 2 ކަންތަކުގަ ﷲ ތަޢާލާއާ "ޗެލެންޖްކުރާ" މީހުން ގިނަވެއްޖެ! ބިރުވެތިވޭ!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މި 2 ކަންތަކުގަ ﷲ ތަޢާލާއާ "ޗެލެންޖްކުރާ" މީހުން ގިނަވެއްޖެ! ބިރުވެތިވޭ!: ޝައިޚް ޢަލީ ހައްމުދާ

އެއީ މަދުބައެއް ނޫނެވެ. އެކަން އެގޮތަށް ކުރާ މީހުން ވަރަށް ގިނަވެއްޖެއެވެ. މިބުނަނީ އެމީހަކު ކަމެއް ކުރަން ބޭނުންވުމުން ޙަރާމް ޙަލާލަށް ބެލުމެއް ނެތި އެކަމެއް ކުރާމީހުންނާއި ޙަރާމް ޙަލާލަށް ބެލުމެއް ނެތި ފައިސާ ހޯދާ މީހުންގެ ވާހަކައެވެ. 

މިކަމުގެ އަޞްލު ހުކުމަށްދާނަމަ އެމީހުންނަކީވެސް ﷲ ތަޢާލާ އާއި ޗެލެންޖުކުރާ ބައެކެވެ. އެހެނީ ހަވާނަފްސް ކިތަންމެ ބޮޑަކަށް އެދުނަސް ކޮންމެ ކަމެއްވެސް ކުރަން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ހުއްދަކުރައްވަވާފައިވާ ގޮތަށެވެ. 

ދެން އޮތީ ފައިސާގެ މައްސަލައެވެ. ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހިފައިވީނަމަވެސް އަދި ތަނަވަސްކަން ހުރުމެ އިތުރު ފައިސާއަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ހުރިނަމަވެސް ﷲ ތައާލާ ހުއްދަ ކުރައްވަވާފައިނުވާ މަގަކުން އެންމެ ރިޔާލައެއްވެސް ލިބިގަތުމެއް ނެތެވެ. 

ލޮބުވެތި ބެލެނިވެރިންނޭވެ! ބެލެނިވެރިން އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ ދަރިންނަށް ކިޔަވައިދިނުމެވެ. މަތީ ތަޢްލީމް ޙާޞިލުކޮށް ދިނުމެވެ. އަދި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އެމީހަކު ބަލިވުމުން ނުވަތަ ޢާއިލާގެ މީހަކު ބަލިވުމުން ބޭސްފަރުވާ ކުރުމެވެ. އެމީހެއްގެ ފުރާނަ ސަލާމަތްވޭތޯ މަސައްކަތްކުރުމެވެ. 

މިފަދަ ޙާލަތެއްގައިވިޔަސް ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ ގޮތަކަށް ފައިސާ ނުހޯދާށެވެ! ބަލަންވީ އެކަމުން ލިބޭނެ ވަޤުތީ ހަމަޖެހުމަކަށް ނޫނެވެ. ކުރިމަތިލާން ޖެހޭނެ ﷲ ތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބަށެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން  

މިއަދު އޮންލައިން