މުޖުތަމަޢުގަ ހުރި މައްސަލަތައް ޙައްލުކުރަން އެންމެ މުހިންމީ ކުދިންނަށް ކިޔަވައިދޭ ޤައުމީ މަންހަޖު އިޞްލާޙްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
މުޖުތަމަޢުގަ ހުރި މައްސަލަތައް ޙައްލުކުރަން އެންމެ މުހިންމީ ކުދިންނަށް ކިޔަވައިދޭ ޤައުމީ މަންހަޖު އިޞްލާޙްކުރުން!

މުޖުތަމަޢުގައި ތަފާތު ބޮޑެތި މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް ވާހަކަ ދެއްކުމަކުން އެއްވެސް ކަމެއް ޙައްލުނުވާކަން މިދަނީ ލޮލަށް ފެންނަމުންނެވެ. ތަޖުރިބާ ކުރެވެމުންނެވެ. އެހެންކަމުން މިމައްސަލައިގެ ހަނދާންތައް އަނެއްކާވެސް އައުކޮށްލާނަމެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޤައުމީ މަންހަޖުގައި ޢަޤީދާގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރެވި އަހަރުތައް ފާއިތުވެގެންދަނީއެވެ. މިއީ 1990 ވަނަ އަހަރުންފެށިގެންވެސް ފާހަގަކުރެވެމުން އަންނަ މައްސަލައެކެވެ. 30 އަހަރުވީއެވެ. މި 30 އަހަރުގެ ތެރޭގައި މި ނުބައި މައްސަލައިގެ އަސްރު މުޖުތަމައުއަށް އެކި މިންވަރަށް އެކިގޮތަށް މިވަނީ ފެތުރިފައެވެ.

މިކަން ފާހަގަކޮށް މީގެ އަހަރުތަކެއް ކުރީގެ ޚުޠުބާއެއްގައި އިމާމް ވިދާޅުވެފައިވެއެވެ.

"ދަރިންގެ ތައުލީމަށްޓަކައި މައިން ބަފައިން ދަނީ ވަރަށް ބޮޑެތި ޤްރްބާނީ ތަކެއް ވަމުން ނެވެ. ބޮޑެތި ހޭދަތައް ވެސް ކުރަމުންނެވެ. އަދި ދައުލަތުންވެސް ގިނަ މަސައްކަތްތަކެއްކޮށް އަދި ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދިއަ ނަމަވެސް އެދަރިންނަށް ބޭނުންވާ ޢަޤީދާ ހޯދައި ދެވިފައި ނުވެއެވެ."

އަދިވެސް އިމާމް ވިދާޅުވީ:

" ޓިޔުޝަނަށް ފޮނުވުމަށާއި ގެއަށް މުދައްރިސުން ގެނެސްގެންވެސް ދަރިންނަށް ތައުލީމް ދިނުމަށް މައިން ބަފައިން ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާ ކަމަށެވެ. ހަމަ އެއާއިއެކު ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި ޤާބިލު ބޭފުޅުން ސްކޫލްތަކަށް ގެނެސް ކިޔަވައިދޭ ކަމަށާއި ސްކޫލްތަކުން ބޭރުގައި ތަފާތު އިތުރު ޙަރަކާތްތައްވެސް ހިންގާ ކަމަށެވެ. އެހެންކަމާއިއެކުވެސް އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ޢަޤީދާ އާއިބެހޭ މައުލޫމާތު ކުދިންނަށް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އިސްލާމީ ޢަޤީދާ އާއިބެހޭ ފުރިހަމަ މަޢުލޫމާތު ދަރިންނަށް ފޯރުކޮށްދެވިގެން މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ."

އަދިވެސް ވިދާޅުވިއެވެ.

"މައިންބަފައިންގެ ޤްރްބާނީ އާއި ދައުލަތުން ކުރާ ހޭދައާއި މަސައްކަތުގެ ނަތީޖާ ނުފެނިގެން މިއުޅޭ ސަބަބަކީ ޢަޤީދާ ވަރުގަދަ ނުކުރެވުން. އެކަން ކުރުމަށް ގަދައަޅައި މަސއްކަތްތަކެއް ކުރަން ވަނީ ޖެހިފަ!

އިސްލާމީ ޞައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއް! އިސްލާމް ދީން ބިނާވެގެންވަނީ ޢަޤީދާ އާއި އަމަލުގެ މައްޗަށް ކަމަށާއި ޢަޤީދާ ޞައްހަ ނުވެ އެއްވެސް ޢަމަލެއް ޞައްޙަ ނުވާނެ! ޞައްޙަ ޢަޤީދާ އަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ! އެހެންކަމުން ދަރިވަރުންނަށް ޞައްޙަ ޢަޤީދާ އުނގައިދިނުމަކީ ވަރަށް މުހިންމު ކަމެއް!"

މައންބަފައިންނާއި މުދައްރިސުން ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް، ކިތަންމެ ބޮޑު ހޭދައެއް ކުރިނަމަވެސް ޤައުމީ މަންހަޖުގައި ހުރި ޝައިޠޯނީ ވަންތަކަން ފިލުވައި ނުލެވޭހައި ދުވަހަކު ދަރިވަރުންނަށް ދާނީ އެކަމުގެ ނުބައި އަސަރުކުރަމުންނެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ މިހާރު އޮތް ޙާލަތުން މިބާވަތުގެ ކަންކަން ޚުޠުބާގައި ފާހަގަކުރަން ބިރުގަނެ ފަސްޖެހިދާނެއެވެ. ފާހަގަނުކުރިނަމަވެސް މައްސަލަ ޙައްލުކުރެވޭނީ ޤައުމީ މަންހަޖު ބަދަލު ގެނެސްގެންނެވެ.

 

މިއަދު އޮންލައިން