ޝައްވާލުމަހުގެ 6 ރޯދަ ނުހިފާ ދޫކޮށްލަން ހެޔޮނުވާނެ އެންމެ މުހިންމު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޝައްވާލުމަހުގެ 6 ރޯދަ ނުހިފާ ދޫކޮށްލަން ހެޔޮނުވާނެ އެންމެ މުހިންމު ސަބަބު!

ރަމަޟާން މަހުގެ ފަރުޟު ރޯދައަށްފަހު ޝައްވާލުމަހުގައި ހިފަން އޮތް އޮތް 6 ރޯދަ ނުހިފައިދޯކޮށްލަން ހެޔޮނުވާނެ ފުރަތަމަ ސަބަބަކީ އެކަމަށް ދެއްވަވާ ޘަވާބުގެ ބޮޑުކަމެވެ. ރަމަޟާން މަހުގެ ރޯދަ ހިފައި އަދި ޝައްވާލް މަހުގައި 6 ރޯދަ ހިފުމުން 1 އަހަރުދުވަހު ރޯދަހިފިކަމުގެ ޘަވާބު ދެއްވަވާކަމެވެ. 

ދެވަނަ ކަމަކީ 6 ރޯދަ ހިފަން ލިބިފައިވާ ލުއި ގޮތްތަކެވެ. މުޅި ޝައްވާލް މަހަށް ބަހާލައިގެންވެސް ހިފިދާނެއެވެ. އަދި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ހިފާނަމަ 6 ރޯދަ ހިފިކަމުގެ ޘަވާބުގެ އިތުރުން ރޯދަހިފުން ސުންނަތްވެގެންވާ އެދުވަސްތަކުގައި ރޯދަހިފިކަމުގެ ޘަވާބު ދެއްވަވާނެކަމަށް (އިން ޝާ ﷲ) ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއެވެ. 

3 ވަނައަށް އޮތީ އެންމެ މުހިންމު ކަންތަކެވެ. އެއީ ރަމަޟާން މަހު ހިފި ރޯދަ، ހިފުމުގައި އެއްވެސް ސަބަބަކާއިހުރެ ބައެއް އުނިވެފައިވާނަމަ ޤިޔާމަތް ދުވަހު އެކަން ފޫބައްދަން ފުރުޞަތަކަށްވެދާނެ ކަމެވެ. ވީމާ މިއީ އެއްވެސް ޙާލެއްގައި ނުކޮށް ދޫކޮށްލައިގެން ވާން އޮތް ކަމެއް ނޫނެވެ. އަހުރެމެން ކިތަންމެ ބޮޑަށް ސަމާލުކަންދީގެން ހިފަން މަސައްކަތްކުރި ނަމަވެސް އަހުރެމެންނަށް ހިފޭ ރޯދައިގައި އުނިކަންތައްތަކެއް ހުންނާނެއެވެ. 

Another of the important benefits of fasting six days of Shawwal is that it makes up for any shortfall in a person's obligatory Ramadan fasts, because no one is free of shortcomings or sins that have a negative effect on his fasting.

On the Day of Resurrection, some of his nafl deeds will be taken to make up the shortcomings in his obligatory deeds, as the Prophet (peace and blessings of Allah be upon him) said: “The first thing for which people will be brought to account on the Day of Resurrection will be their salah (prayer). Our Lord, may He be glorified and exalted, will say to His angels – although He knows best – ‘Look at the salah of My slave, whether it is complete or incomplete.’ If it is perfect, it will be recorded as perfect, and if something is lacking, He will say, ‘Look and see whether My slave did any voluntary (nafl) prayers.’ If he did some voluntary prayers, [Allah] will say, Complete the obligatory actions of My slave from his voluntary actions.’ Then all his actions will be dealt with in a similar manner.” (Narrated by Abu Dawud).

--Islamqa  

ވީމާ މިހައިތަނަށް 6 ރޯދަ ނުހިފައި ތިބި އަޚުންނާއި އުޚުތުންނަށްވެސް ބުނެލަން އޮތީ 6 ރޯދަ ހިފާލަން އަވަސްވާށެވެ! އެއީ ނުކޮށްލަން ހެޔޮވާނެ ވަރުގެ އަމަލެއް ނޫނެވެ. އެއަށްވުރެ މާފައިދާ ބޮޑު ޢަމަލެކެވެ.  

މިއަދު އޮންލައިން