އޮޅުވާލަން ހެޔޮ ނުވާނެ! ކައިވެނި ރޫޅުމުން، ހުވަފަތްވުމުން އެކަނބަލުންގެ ދަރަޖަ ދަށްވާނަމަ އެފަދަ ބޭކަނބަލުންނަށް މިއުންމަތުގެ މައިކަނބަލުންނަށް ވެވުނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އޮޅުވާލަން ހެޔޮ ނުވާނެ! ކައިވެނި ރޫޅުމުން، ހުވަފަތްވުމުން އެކަނބަލުންގެ ދަރަޖަ ދަށްވާނަމަ އެފަދަ ބޭކަނބަލުންނަށް މިއުންމަތުގެ މައިކަނބަލުންނަށް ވެވުނީ ކީއްވެ؟: މުފްތީ މެންކް

މިޒަމާނުގައި ކައިވެނި ރޫޅެނީ ކީއްވެގެންތޯ ބަލައިފިނަމަ ބޮޑު އިންސައްތައެއްގެ ކައިވެނި ރޫޅެނީ މާމޮޅު ގޮތެއް ފެނިގެން އުދުއްސައިގަންނަން ހަދައިގެންނެވެ. އެގޮތަށް އުދުއްސައިގަނެގެން އުޅެނިކޮށް މަންޒިލަށް ނުފޯރަނީސް ވަރަ ބިދިގެން ވެއްޓޭ ދުނިތައްވެސް މަދެއް ނޫނެވެ. މިކަމުގެ ހެއްކަކީ ވަރިކުރެވުނީތީ ދެރަވެ ހިތާމަކުރަން ޖެހޭ މީހުން ގިނަކަމުންނެވެ. 

ކޮންމެއަކަސް މިރޭ ބަލައިލަން މިއުޅެނީ މިކަމުގައި އަންހެނުންނަށް ވަރަށް ބޮޑު ތަކްލީފަކަށްވެފައިވާ ކަމަކަށެވެ. އެއީ މިހާރަކަށް އައިސް ކައިވެނި ރޫޅި އެކަނިވުމުން ނުވަތަ ހުވަފަތްވުމުން އަންހެނުންނަށް އެކަނބަލުން ނިކަމެތިކޮށްލުމުގެ ގޮތުން ބަސްތައް ބުނތީއެވެ. މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. 

ކޮންމެ ކައިވެންޏެއް ރޫޅެނީ އަންހެން މީހާގެ ސަބަބަކުން ނޫނެވެ. އަދި ކައިވެނިކޮށްގެން އުލެނިކޮށް ކުރިން ފިރިމީހާ މަރުވަނީވެސް އަނބިމީހާ ކުރާ ކަމަކުން ނޫނެވެ. އަދި މަދު އަނހެނަކު ކުރާ ނުބައިކަމެއްގެ ޒިންމާ ހުރިހާ އަންހެނުންގެ ބޮލުގައި އެޅޭގޮތަށް ވާހަކަ ދެއްކުމަކީ ފާފަވެރިވާނެ ކަމެކެވެ. މީހަކު ނުބައިކޮށް ކަމެއް ކޮށްފައިވާނަމަ އެކަމެއް އަޅުވަންޖެހޭނީ ހަމައެކަނި އެކަން ކުރި މީހެއްގެ ކިބައިގައެވެ.  

ގިނަ ކައިވެނިތައް ރޫޅެނީ އަނބިންގެ ސަބަބުންކަމަށް ބުނެވޭނެ ގޮތެއްވެސް ނެތެވެ. އަހަރެންނަށް އެނގިފައިވާ މައުލޫމާތަށް ބަލާއިއރު ގިނަ ކައިވެނި ރޫޅިފައިވަނީ ފިރިންގެ ސަބަބުންނެވެ. ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް މިއީ މިކަން ހިނގަމުން އަންނަ ގޮތެވެ. 

ދެން ބަލައިލަންވީ ރަސޫލް ގެ ކައިވެނިފުޅުތަކަށެވެ. ޢައިޝަތުގެފާނު ފިޔަވައި ދެން ކައިވެނި ބައްލަވައިގަތީ ކައިވެނި ރޫޅިފައިވާ ނުވަތަ ހުވަފަތް ބޭކަނަލުންނާއިއެވެ. އެވަނީ އެކަނބަލުން ޢިއްޒަތްތެރިކުރައްވަވައިފައެވެ. އަދި އަލަށްވެސް ކައިވެނިފުޅު ކުރެއްވެވީ ކުރިން ކައިވެނިފުޅު ކުރައްވަވާފައިވާ ބޭކަނބަކަނބަލަކާއިއެވެ. 

އެބޭކަނބަލުންނަކީ އަގުދަށް ބައަކު ނަމަ ރަސޫލް އެބޭކަނބަލުން ނުކުރައްވަވާނެތެވެ! ހަމަ އެއާއިއެކު ކައިވެނި ރޫޅިފައި ނުވަތަ ހުވަފަތްވެފައި ތިބޭ އަންހެނުންނާއި ކައިވެނިކުރުމުން އިންތިހާއަށް އުފާވެރިކަމާއި ތަނަވަސްކަން ލިބި، އިތުރުވެފައިވަނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟ 

ވީމާ މފަދަހުރިހާ ކަމަކުންވެސް އެނގިގެންދަނީ ކައިވެނި ރޫޅެން މެދުވެރިވުމާއި އަދި ހުވަފަތްވުމަކީ އެކަނބަލުންގެ ދަރަޖައަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫންކަމެވެ. ވީމާ އެކަނބަލުންނަށް ނުބައި ބަސްބުނަން ހެޔޮ ނުވާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން