ޤަޟާކުރަންޖެހޭ ރޯދަ ނުހިފާ ލަސްކުރަންވާނީ ހިފައި ނިމެންދެން މަރުނުވެ ހުންނާނެކަން ޔަޤީންވާނަމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤަޟާކުރަންޖެހޭ ރޯދަ ނުހިފާ ލަސްކުރަންވާނީ ހިފައި ނިމެންދެން މަރުނުވެ ހުންނާނެކަން ޔަޤީންވާނަމަ-

ރަމަޟާން މަސް ނިމި ޝައްވާލް މަހުގެ 6 ރޯދަވެސް ހިފައި ނިމުނީއެވެ. ދެން އޮތީ ހޯމަދުވަހާއި ބުރާސްފަތިދުވަހު ހިފުން ސުންނަތް ރޯދަތަކާއި އަދި ކޮންމެ ހަނދުމަހެއްގެ 13، 14، 15 ދުވަހު ހިފުން ސުންނަތްވެގެންވާ ރޯދަތަކެވެ. 

ދެން އެންމެ އަވަހަށް ބައްދަލުކުރާނެ ރޯދަފެސްޓިވަލަކީ ޛުލްޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ހިފާ ރޯދަތަކެވެ. އަހުރެންގެ އިލްތިމާސަކީ ޤަޟާށކުރަންޖެހޭ ރޯދަތައް ވީހައި އަވަހަކަށް ޤަޟާކޮށް ނިންމުމެވެ. ކޮންމެހެން ލަސްކުރަންޖެހޭ މަޤްބޫލް ޢުޛުރެއް ނެތްނަމަ ލަސްވެގެން ޛުލްޙައްޖު މަސް ބައްދަލުކުރުމުގެ ކުރިން ރަމަޟާން މަހުން ގެއްލިފައިވާ ރޯދަތައް ޤަޟާކޮށް ނިންމުމެވެ. 

ތިބާ ދުނިޔޭގައި ހުންނާނެކަން ތިބާއަށް އެނގޭނަމަ، ޔަޤީންވާނަމަ ޤަޟާކުރަންޖެހޭ ރޯދަތައް އެއަށްވުރެވެސް ފަސްކުރެވިދާނެއެވެ. ދެން އަންނަ ރޯދަމަހެއް ފެށެންވުމާއި ހަމައަށްވެސް ފަސްކުރެވިދާނެއެވެ. ތަކުރާރުކޮށްލާނަމެވެ. އެގޮތަށް ފަސްކުރަންވާނީ އެހައިތަނަށް ތިބާ ދުނިޔޭގައި ހުންނާނެކަން ތިބާއަށް އެނގޭނަމައެވެ! ޔަޤީންވާނަމައެވެ! ނޫންނަމަ އޮތީ ގެއްލިފައިވާ ރޯދަތައް ވީހާއަވަހަކަށް ޤަޟާކޮށް ނިންމުމެވެ. އެއީ ޤަޟާނުކޮށް ހުއްޓައި މަރުވެދާނެކަމުގެ ބިރު އޮތުމުންނެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ދަރަންޏަކަށްވެގެންދާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން