މައިން ކުޑަދަރިފުޅަށް ބުއްދޭގަޑީގައި ގުރްއާން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ސޫރަތެއް ކިޔެވިނަމަ ވެސް މައްސަލައެއް ނެތެވެ. ނަމަވެސް، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. ސަބަބަކީ ބުއްދޭގަޑީގައި ކޮންމެހެންވެސް ގުރްއާން ކިޔަވަން ޖެހޭނެކަމަށް ގަބޫލުކުރެވިއްޖެނަމަ ދީނުގައި ނެތްކަމެއް އޭގެ ތެރެއަށް ވެއްދުން ކަމުގައި ވެދާނެތީއެވެ،
والله أعلم.
އިތުރު 2 ސުވާލާ ޖަވާބު:
ބުރުގާއަޅައިގެން އުޅޭކުދިން އެއްބަނޑުއެއްބަފާ ބޭބެމެން ކުރިމަތީ ކަކުލާހަމައަށް އަރާވަރުގެ ސޯޓާއި ޓީޝާޓް ލައިގެންއުޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟؟؟
ކައިވެނި ޙަރާމް މީހުން ކުރިމަތީގައި ފިތުނައަކަށް ނުވަނީ ނަމަ ކަކުލާހަމައަށް އަންނަވަރުގެ ސޯޓާއި ޓީޝާޓް ލައިގެން އުޅުމުގެ މައްސަލައެއް ނެތެވެ، والله أعلم.
ބޭންކުގައި ކަރަންޓު އެކައުންޓެއް ހުޅުވާފައި އޭގައި ފައިސާ ބެހެއްޓުމަކީ ކޮންކަހަލަކަމެއްތަ؟
އަޞްލަކީ ރިބަވީ ބެންކް ތަކުގައި ފައިސާ ނުބެހެއްޓުމެވެ. އެހެންނަމަވެސް، އިސްލާމީ ބެންކެއްނެތް ތަނެއްގައި، ނުވަތަ ފައިސާ ރައްކާ ކުރެވޭނެ އެހެން ގޮތެއް ނެތިއްޖެނަމަ ކަރަންޓު އެކައުންޓުގައި ފައިސާ ބެހެއްޓުމަކުން މައްސަލައެއް ނެތެވެ. والله أعلم.