އެކުވެރިއަކު ކިތަންމެ ގިނަ ދުވަހަކު ދުރުގަ ހުރެފައިވެސް ކަމަކަށް އެދިއްޖެ ނަމަ އޭނާގެ ބޭނުން ފުއްދައިދިނުމަކީ ހީވެސް ނުކުރެވޭނެހާ ގިނަ ފައިދާ އެމީހަކަށް ކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެކުވެރިއަކު ކިތަންމެ ގިނަ ދުވަހަކު ދުރުގަ ހުރެފައިވެސް ކަމަކަށް އެދިއްޖެ ނަމަ އޭނާގެ ބޭނުން ފުއްދައިދިނުމަކީ ހީވެސް ނުކުރެވޭނެހާ ގިނަ ފައިދާ އެމީހަކަށް ކުރާނެ ކަމެއް!

ވަރަށް ގިނައިން ކުރިމަތިވާ ކަމެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. "މިޘާލަކަށް ކޮންމެވެސް މީހަކީ ތިބާގެ އެކުވެރިއެކެވެ. ރަޙްމަތްތެރިއެކެވެ. އެހެންސް އޭނާ ތިބާއަށް އެންމެ ކުޑަމިނުން ގުޅައިވެސް ނުލައެވެ. ތިބާގެ ޙާލު ބަލައިވެސް ނުލައެވެ. އެފަދަ ގޮތަކަށް 4،5 އަހަރު ފާއިތުވިފަހުން އެއްދުވަހަކު ކޮންމެވެސް ބޮޑުކަމެއް ޖެހިގެން ތިބާގެ އެހީތެރިކަމަށް އެދި ގުޅީއެވެ. 

މިޙާލަތުގައި ގިނަބައަކު ވިސްނާނީ އެހެން ގޮތަކަށެވެ. "އޭނާ އަހުރެންގެ އެއްވެސް ކަމެއް ބަލައިވެސް ނުލާ އެތައް އަހަރެއްކޮށްފައި ގޮތްހުސްވުމުން އެގުޅީއެވެ. އެހެންވީއިރު އަހުރެން އޭނާއަށް ސަމާލުކަންދޭންވީ ކީއްކުރަންހެއްޔެވެ؟ 

މީސްތަކުންނޭވެ! މިވިސްނުމަކީ ސީދާ ޝައިޠޯނާގެ ކިބައިން އަންނަ ވަރަށް ނުބައި ވިސްނުމެކެވެ. އެކަން ވިސްނަން އޮތް ރަނގަޅު ގޮތްވެސް ބުނެދޭނަމެވެ. "ވިސްނާށެވެ! އޭނާ މިހުރިހާ ދުވަހު ހުރީ އަހުރެންނާއި ދުރުހެލިވެގެންނެވެ. އޭނާ އުޅުނީ އަހުރެންނާއި ދުރުހެލިވެގެންނެވެ. އެއިން އެއްވެސް މީހެއްގެ މީހެއްގެ އެހީތެރިކަން ނުލިބުނީމާ އަހުރެންގެމަތިން ހަނދާންވީއެވެ. އެގޮތަށް ކަންތައް މެދުވެރިވީ ﷲ ތަޢާލާ އެކަން އެގޮތަށް މެދުވެރިކުރެއްވެވުމުންނެވެ. އޭނާއަށް އެހީތެރިވާނެ މީހަކީ އަހުރެން ކަމުގައި ﷲ ތަޢާލާ ނިންމެވީއެވެ. ވީމާ ﷲ ތަޢާލާ އަހުރެންނަށް ދެއްވެވި ފުރުޞަތު ދޫކޮށެއް ނުލާނަމެވެ. އޭނާއަށް އެހީތެރިވާނަމެވެ." 

މީސްތަކުންނޭވެ! މީހަކަށް ދަތިޙާލަތެއް މެދުވެރިވެގެން، އެހީތެރިކަމަށް ބޭނުންވެގެން އެދުމުން އޭނާ ކުރިން ކަންކަންކުރި ގޮތަށް ނުބަލާށެވެ! ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް އިޚްލާޞްތެރިކަމާއިއެކު ވީހާއަވަހަކަށް ފޯރުކޮށްދޭށެވެ. އެކަމަށް އޭނާގެ ކިބައިން އެއްވެސް ބަދަލަކަށް ނުއެދޭށެވެ! އެއިރުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް ލިބިގެންދާނެއެވެ. އެކަމުން ދެދުނިޔޭގައިވެސް ކުރާނެ ފައިދާ މާބޮޑުވާނެއެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން