ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަނދުން އަޅުއްވާ އަދި އަނދުން އެޅުމަށް އަމުރުކުރެއްވި ކަމަށް އެތަށް ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. އެގޮތުން އެއް ޙަދީޡަކީ:
حَدِيْثُ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ (sad) كَانَ يَكْتَحِلُ فِيْ عَيْنِهِ الْيُمْنَى ثَلَاثَ مَرَّاتٍ، وَالْيُسْرَى مَرَّتَيْنِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނާތުލޯފުޅުގައި ތިންފަހަރަށް އަދި ވާތުލޯފުޅުގައި ދެފަހަރަށް އަނދުން އަޅުއްވަވައެވެ".
އިބްނުލްގައްޔިމް-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ލޮލުގައި އަނދުން އެޅުމަކީ ލޮލުގެ ފެނުން އަލިވާ ކަމެކެވެ". والله أعلم.
މިސުވާލާއު ޖަވާބު އެމްވީ އިސްލާމް ކިޔޫ އޭ އިން ނަގްލުކޮށްލާނަމެވެ.
ސުވާލު:ފިރިހެނުން ލޮލުގަ އަނދުންއެޅުމަކީހުއްދަކަމެއްތަ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފިރިހެނުން ލޮލުގައި އަނދުން އެޅުމަކީ ޖުމްލަގޮތެއްގައި ހުއްދަ ކަމެކެވެ. އަދި އަމުދުން ލޮލުގެ ފައިދާޔަކަށްނަމަ މުސަތަޙައްބު ވެގެން ވެއެވެ. ނަމަވެސް ފިރިހެނުން ޒީނަތަކަށްޓަކައި އަނދުން އެޅުމާއިމެދު ކޮންމެވެސްވަރެއްގެ ޚިލާފުތަކެއް ދަންނަ ބޭކަލުންގެ މެދުގައި އުފެދިފައި ވެއެއެވެ.
އެގޮތުން ޙަނަފީ މަޛްހަބުގައި އެއީ މަކުރޫހަ ކަމެކެވެ. އަދި މާލިކީ މަޛުހަބުގައި ޙަރާމްކަމެކެވެ. ފަހުގެ ދަންނަބޭކަލުންގެތެރެއިން ޢައްލާމާ އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ފިރިހެނުން ޒީނަތަކަށްޓަކައި ލޮލުގައި އަނދުން އެޅުމާއިމެދު އަހުރެން ތަވައްޤުފް ވަމެވެ. ފަހަރުގައި އެކަމުގައި ޒުވާންފިރިހެން ކުދިންނާއި އުމުރުން ދުވަސްވެފައިވާ ފިރިހެނުން ތަފާތުކުރެވިދާނެއެވެ. އަންދުން އެޅުމުގެ ސަބަބުން މީހުން ފިތުނަވެރިކުރުވަފާނެކަމަށް ފެންނަ ޒުވާނުން އެކަމުން މަނާވެގަންނަހުއްޓެވެ. އަދި އެމީހެއްގެ ސަބަބުން މީހުން ފިތުނަވެރިނުވާނެކަމަށް ފެންނަ އުމުރުން ދުވަސްވެފައިވާ މީހާޔަށް މަނާ ނުކުރެވޭ ހުއްޓެވެ." والله أعلم
-ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
http://www.mvislamqa.com/beta/views.asp?questionID=146