ޢުމަރުގެފާނުގެ ބަސްފުޅުގެ މާނަ އޮޅުވާލައި ކައިވެނީގެކުރިން ދެމީހުން އެކުގަ އުޅެން ނުހަދާށެވެ! އެކަމުން ގެއްލުންލިބޭނީ ހަމަ އެމީހަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޢުމަރުގެފާނުގެ ބަސްފުޅުގެ މާނަ އޮޅުވާލައި ކައިވެނީގެކުރިން ދެމީހުން އެކުގަ އުޅެން ނުހަދާށެވެ! އެކަމުން ގެއްލުންލިބޭނީ ހަމަ އެމީހަކަށެވެ!

މިހާރަކަށް އައިސް އިސްލާމްދީނުގެ ކަންކަން އެއްބައަކު މާނަކުރަނީ އެކަމެއް އޮންނަން އެމީހާ ބޭނުންވާގޮތް އެއީ ރަނގަޅު ގޮތްކަމަށް ހަދައިގެންނެވެ. މީސްތަކުންނޭވެ! އިސްލާމް ދީނަށް ފުރައްސާރަކުރަން ނުހަދާށެވެ! އެކަންކުރަން އުޅުނީމާ ވާނީ ހަނދަށް ކުޅުޖަހަން އުޅޭމީހުންނަށް ވާނެގޮތެވެ.

"ޢުމަރުގެފާނުގެ ބަސްފުޅެއްގައިވަނީ މީހެއްގެ ޙަޤީޤަތް އެނގޭނީ "އެމީހަކާއިއެކު ވިޔަފާރިކުރުމުން، ދަތުރުކުރުމުން، އެކުގައި އުޅުން" ފަދަ ކަންކަން އެމީހަކާއިއެކުގައި ކުރުމުން ކަމަށެވެ.

ޢުމަރުގެފާނުގެ މިބަސްފުޅު އަމާޒުކުރައްވަވާފައި އެވަނީ ކައިވެނިކުރުމުގެ ކުރިން ދެމީހުން އެކުގައި އުޅުމަކަށް ނޫނެވެ. އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ދެމީހުން އެކުގައި އުޅެންފަށަންޖެހޭނީ ކައިވެނިކުރުމަށްފަހުގައެވެ.

ކައިވެނީގެ ކުރިން ދެމީހުން އެކަހެރިވެގެން ތިބެ ވާހަކަދެއްކުންވެސް ހުއްދައެއް ނޫނެވެ. މީސްތަކުން އެކަންކުރަނީ އަމިއްލައަށް ހުއްދަކޮށްގެންނެވެ. އިސްލާމް ދީނުގައި އޮތީ މަޙްރަމަކާއިއެކު ނޫނީ ވާހަކަދައްކަންވެސް ބައްދަލުނުކުރުމެވެ. ވީއިރު އެކުގައި ދިރިއުޅުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟

ވީމާ ކައިވެނިކުރަން އުޅޭ މީހާގެ ޙަޤީޤަތް ހޯދުމުގެ ގޮތުން ނަމަވެސް ދެމީހުން އެކުގައި ދަތުރުކޮށް އެކުގައި އުޅުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. އިސްލާމް ދީނުގައި ތަޤްވާވެރިކަމާއި އަޚްލާޤަށް ބަލައިގެން ކައިވެނިކުރުމަށާއި ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރުމަށެވެ.

ޢުމަރުގެފާނުގެ ބަސްފުޅުގެ މާނަ އޮޅުވާލައިގެން ބައެއް މީހުން އެބަ ކަންކަން ކުރެއެވެ. އެމީހުން އެކުރާ ކަންކަމުގެ ގެއްލުން ލިބޭނީ ހަމައެކަންކުރި ބައަކަށެވެ. އިސްލާމް ދީން އޮންނާނީ އެންމެ ފުރިހަމަ ދީނުގެ ގޮތުގައެވެ. އިސްލާމް ދީނަށް ލިބޭނެ އުނިކަމެއް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން