ޣީބަ ބުނުން ހުއްދަވާ ޙާލަތް ތައް:
1. ގާޟީ އެއްގެ ކައިރީގައި އަނިޔާވެރި މީހެއްގެ އަނިޔާވެރިކަމުގެ ހެކިބަސް ދިނުން. ނުވަތަ އަނިޔާ ލިބުނުމީހާ އަނިޔާވެރިޔާގެ އަނިޔާވެރިކަމުގެ ވާހަކަ އެހެންމީހުން ގެ ޢިބްރަތަށް ޓަކައި ދެއްކުން.
2. މުންކަރާތެއް މަނާ ކުރުމުގެ ގޮތުން މީހެއްގެ ވާހަކަ ދެއްކުން. މީހެއްގެ ކިބައިން ނުބައިކަމެއްފެނި، އެހެންމީހެއްގެ އެހީތެރިކަންނެތި އެކަން މަނާ ނުކުރެވޭނެ ކަމަށް ވަނީ ނަމަ އެވާހަކަދެއްކުން.
3. މީހެއްގެ ނުބައިކަމުން މީހުން ރައްކާތެރި ކުރުމަށްޓަކައި އެވާހަކަ ދެއްކުން.
4. ފާޅުގައި ނުބައިކަންތައް ކުރާ މީހުންގެ ނުބައިވާހަކަ ދެއްކުން.
5. މީހެއްގެ އަިއިޑެންޓިޓީ ބަޔާންކޮށްދިނުމުގެ ގޮތުން. މިޘާލަކަށް "މުޙައްމަދު" ކިޔާ ބައިވަރު މީހުންތިބެ، ވަކި މުޙައްމަދެއް ބަޔާން ކޮށް ދިނުމުގެ ގޮތުން އެމީހެއްގެ ކިބާގައި ހުރި ފާހަގަ ކުރެވޭ ޞިފައެއްގެ ވާހަކަ ބުނުން. والله أعلم
-ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް