ރަމަޟާން މަހު ކުރިއަޅުކަމުގަ ޘާބިތުވެ ހުންނަން ބޭނުންނަމަވެސް ތެދުމަގު ލިބެން ބޭނުން ނަމަވެސް މިކަމަށް ސަމާލުކަން އިތުރުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރަމަޟާން މަހު ކުރިއަޅުކަމުގަ ޘާބިތުވެ ހުންނަން ބޭނުންނަމަވެސް ތެދުމަގު ލިބެން ބޭނުން ނަމަވެސް މިކަމަށް ސަމާލުކަން އިތުރުކުރާށެވެ!

އަހުރެމެންނަކަށް އިބިލީހެއް ނުފެނެއެވެ. ނަމަވެސް ސޯޝަލް މީޑިއާއިން އިބިލީހުގެ ޢަމަލުތައް ފެނެއެވެ. އެޢަމަލުތައް ފެނުމުން އެކަންކަން ކުރަން ޝައުޤުވެރިވެވެއެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސް ބައަކަށް އެކިވަރުގެ ފާފަތައް ކުރެވެއެވެ. 

މީސްތަކުންނޭވެ! ފާއިތުވެގެންދިއަ ރަމަޟާން މަހު އަހުރެމެން ވަރަށް ބުރަކޮށް މަސައްކަތްކޮށްފީމެއެވެ. ވަރަށް ގިނައިން އަޅުކަންކޮށްފީމުއެވެ. އެކަމުގެ ސަބަބުން އަހުރެމެންގެ ހިތްތަކަށް މިވަނީ އަލިކަންވެސް ލިބިފައެވެ. ދެން އޮތީ އެއަލިކަން އެގޮތުގައި ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތް ނުކުރެވިއްޖެނަމަ ރަމަޟާން މަހު ކުރި މަސައްކަތް ފޭލްވެގެންދިއައީއެވެ. 

މީސްތަކުންނޭވެ! ސޯޝަލް މީޑިއާއި ޝައިޠޯނާގެ ވަސްވާސްތައް ދައުރުކުރާ ފަދައިން ތަޤްވާގެ މަގުތައްވެސް ދައުރުކުރެއެވެ. އެއީ ހެޔޮލަފާ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އެބޭކަލުންގެ އަގުހުރި ނަޞޭޙަތްތަކެވެ. 

ޝައިޠޯނާގެ މަންޒަރުތައް ބަލައި ކޮންމެ ދުވަހަކު އެތައްހާސް ބައަކު ފާފަތައްކުރާ ފަދައިން މިބަޔާންކުރި ފަދަ ތަޤްވާވެރިވުމަށް ހިތްވަރުލިބޭ ބަސްތައް ބަލައި، ކިޔައި ކޮންމެ ދުވަހަކު އެތައް ހާސްބައަކު ހެޔޮ ޢަމަލުތައްވެސް ކުރެއެވެ. އެމީހުންގެ ތަޤްވާރިކަން އިތުރުކުރެއެވެ. 

ވީމާ ރަމަޟާން މަހު ކުރިއަޅުކަމުގައި ޘާބިތުވެ ހުންނަން ބޭނުންނަމަވެސް އަދި ތެދުމަގު ލިބެން ބޭނުން ނަމަވެސް ސޯޝަލް މީޑިއާގައި ތަޤްވާވެރިން ފޮލޯކުރާށެވެ! ތިބާގެ ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން