ވިތުރި ކުރާއިރު އަލްހަމްދަށްފަހު ކިޔުން ސުންނަތްވެގެންވާ ސޫރަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ވިތުރި ކުރާއިރު އަލްހަމްދަށްފަހު ކިޔުން ސުންނަތްވެގެންވާ ސޫރަތްތައް-

ވިތުރީގެ ފުރަތަމަ ރަކްޢަތުގައި ސޫރަތުލްފާތިޙާ (އަލްޙަމްދް) އަށް ފަހުގައި ސޫރަތުލް އަޢްލާ 

(سَبِّحِ اسْمَ رَبِّكَ الْأَعْلَى)، ދެވަނަ ރަކްޢަތުގައި ސޫރަތުލްފާތިޙާގެ ފަހުން ސޫރަތުލް ކާފިރޫން (قُلْ يَا أَيُّهَا الْكَافِرُوْنَ)، އަދި ތިންވަނަ ރަކްޢަތުގައި ސޫރަތުލްފާތިޙާ ގެ ފަހުން ސޫރަތުލް އިޚްލާޞް (قُلْ هُوَ اللهُ أَحَدٌ) ކިޔެވުން ސުންނަތުން ޘާބިތުވެއެވެ. 

ޟުހާނަމާދުގައި ފުރަތަމަ ރަކުއަތުގައި ވައްޟުހާ ސޫރަތް ކިޔަވާފައި ދެވަނަރަކުއަތުގައި އިޚްލާސް ސޫރަތް ކިޔެވީމަ ރަނގަޅުވާނެތޯ؟

ޟުޙާ ނަމާދުގައި ވަކި ސޫރަތެއް ކިޔެވުމަށް އައިސްފައެއް ނުވެއެވެ. އެހެންކަމުން ސޫރަތުލްފާތިޙާގެ ފަހުން ކޮންމެ ސޫރަތެއް ކިޔެވިނަމަވެސް މައްސަލައެެއް ނެތެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

މިއަދު އޮންލައިން