އަތްމަތި ދަތިވިޔަސް، ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ގިނަކުރަން އޮތް އެންމެ ޔަޤީން ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އަތްމަތި ދަތިވިޔަސް، ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ގިނަކުރަން އޮތް އެންމެ ޔަޤީން ޢަމަލު-

އަތްމަތި ދަތިވިނަމަވެސް، ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެ ގޮތެއް ނެތުނަސް ޖުމުލަކޮށް ބުނާނަމަ ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތައުބާވުން ގިނަކުރުމެވެ. އަސްތަޣްފާރުކުރުމެވެ. ހަމައެއާއިއެކު ލިބޭ މަދު އާމްދަނީގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރުމެވެ.

އަސްތަޣްފާރުކުރުން ގިނަކުރުމަކީ ލިބޭ އާމްދަނީގައި ބަރަކާތް ލައްވަވާ ކަމެކެވެ. ކިތަންމެ މަދުން އާމްދަނީ ލިބުނު ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ.

އަހަރެމެން ކޮންމެ މީހަކީ ދުވާލަކު 100 ފަހަރު އަސްތަޣްފާރުކުރަންޖެހޭ މީހެކެވެ. ވީމާ އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ދުވާލަކު 1000 ފަހަރުވެސް އަތަޣްފާރުކުރާށެވެ!

އަސްތަޣްފާރުކުރުމަކީ ހަމައެކަނި މާލީ ތަނަވަސްކަން އިތުރުކުރަން ކުރަން އޮތް ކަމެއް ނޫނެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަސް އެދިގެން ކުރަން އޮތް ކަމެކެވެ. ވީމާ ވީހައި ގިނައިން އަސްތޣްފާރުކުރަމުން ގެންދާށެވެ. އެންމެ މުހިންމީ ނަރަކައިން މިންޖުވެވުން ނޫންހެއްޔެވެ؟ އެކަންވެސް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން