ފިރިމީހާ މަސްތުވާ ތަކެތިން ދުރުހެލި ނުކުރެވިއްޖެނަމަ، ވަރިޔަށް އެދޭށެވެ! އެފަދަ ނުބައިކަންތައް ކުރާ ފިރިއަކާއެކު އުޅުން ހުއްދަވެގެންނެއް ނުވޭ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފިރިމީހާ މަސްތުވާ ތަކެތިން ދުރުހެލި ނުކުރެވިއްޖެނަމަ، ވަރިޔަށް އެދޭށެވެ! އެފަދަ ނުބައިކަންތައް ކުރާ ފިރިއަކާއެކު އުޅުން ހުއްދަވެގެންނެއް ނުވޭ!: ޑރ. އިޔާޟް

ފިރިމީހާއަކީ ނަމާދުނުކޮށް މަސްތުވާއެއްޗެހި ބޭނުންކުރަމުންދާ މީހެއްކަމުގައިވާނަމަ ފިރިމީހާއަށް އަނބިމީހާ ކޮށްދޭންޖެހޭ ކަންތައް ނުކޮށްދީފިނަމަ އަނބިމީހާ ފާފަވެރިވާނެތޯ؟ 

ފުރަތަމަ ކަމަކީ ދެމަފިރިންކުރެ އެކަކުވެސް ނަމާދު ނުކުރާ ކަމަށްވަނީނަމަ، ކައިވެނި ޞައްޙަ އެއް ނުވާނެއެވެ. އެހިސާބުން ކައިވެނި ރޫޅޭނެއެވެ. 

ދެވަނަކަމަކީ: މަސްތުވާތަކެތި ބޭނުން ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމުން، ފިރިމީހާ މިފަދަ ނުބައިކަމަކަށް އަރައިގަންނަ ކަމަށް ވަނީ ނަމަ އޭނާ އިޞްލާހު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ދީނީ ގޮތުން އެކަމުގެ ނުބައިކަން ވިސްނައިދެވޭތޯ ބަލާށެވެ. އަދި ކައުންސިލިންގް ދީގެންނާއި، ޑޮކްޓަރުންގެ ބޭސް ބޭނުން ކޮށްގެން ނަމަވެސް އެނުބައި ވަބާއިން ފިރިމީހާ ސަލާމަތް ކޮށް ދެވޭތޯ ބަލާށެވެ. 

ފިރިމީހާ އަކީ ކިތަންމެ ހެޔޮ މީހަކަށްވީނަމަވެސް، މަސްތުވާތަކެތި ބޭނުން ކުރާ މީހަކަށްވެއްޖެނަމަ، އޭނާގެ ފަރާތުން އެއްވެސް އަމާން ކަމެއް ނެތެވެ. އޭނާ މަސްތުވެހުރެގެން އަނބިމީހާ އަށް އަނިޔާކޮށް ކޮންމެފަދަ އަނިޔާ އެއް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ފިރިމީހާ މަސްތުވާ ތަކެތިން ދުރުހެލި ނުކުރެވިއްޖެނަމަ، ވަރިޔަށް އެދޭށެވެ. އެފަދަ ނުބައިކަންތައް ކުރާ ފިރިޔަކާ އެކު އުޅުން ހުއްދަވެގެންނެއް ނުވެއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން