ހިނައިގަންނަން ޖެހޭނީ ބޭރުވީ މަނިކަމުގަ ވާނަމައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިނައިގަންނަން ޖެހޭނީ ބޭރުވީ މަނިކަމުގަ ވާނަމައެވެ!

އަޅުގަނޑުގެއަންހެން ކުއްޖަކާ ލޯބީގެ ވާހަކައެއް ދެއްކިޔަސް އަދި ފިލްމެއް ބެލިޔަސްއަދި ކަމެއް ނުކުރިޔަސް ކުރިމަތި ފަރާތުން ދިޔައެއް ބޭރުވެއެވެ. އެހެންކަމުން އަޅުގަނޑު ކޮންމެ ނަމާދަކަށްވެސް ހިނައިގަންނަމެވެ. މިހެން ވާނަމަ ހިނައި ގަންނަންޖެހޭނެތޯއެވެ؟

ކުރިމަތި ފަރާތުން ބޭރުވީ މަނި ކަމަށް ވަނީ ނަމަ ހިނައިގަންނަން ޖެހޭނެއެވެ. މަޛްޔު ނުވަތަ ވަދްޔު ކަމަށް ވަނީ ނަމަ އެތަން ސާފުކުރުމަށްފަހުގައި ވުޟޫ ކުރުމުން- އިންޝާ ﷲ- ފުދޭނެއެވެ. والله أعلم

އިތުރު ސުވާލެއް:

ކުރިއަކުން އަޅުގަނޑަކަށް ނޭނގެ ސޭވިން އެކައުންޓުގައި ފައިސާ ބެހެއްޓުމަކީ ކިހާނުރައްކާ ކަމެއް ކަމެއް! އަޅުގަނޑުގެ ސޭވިން އެކައުންޓުގައި 180 ވަރަކަށްރުފިޔާ ހުންނާނެ. ދެން އެ ފައިސާ ކަރަންޓު އެކައުންޓަށް ބަދަލުކުރެވިދާނެތޯއެވެ؟

އެންމެ ހެޔޮކަން ބޮޑު ގޮތަކީ ޙައްގު އެނގޭ ހިނދުގައި އެގޮތަށް ތަބާ ވުމެވެ. އެހެންކަމުން ސޭވިންގް އެކައުންޓު ބަންދުކޮށް ކަރަންޓު އެކައުންޓަށް ފައިސާ ބަދަލު ކުރާށެވެ. މިހާރު އިސްލާމިކް އުޞޫލުން ހިންގާ ބޭންކްތައްވެސް އެބަހުއްޓެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ ބޭންކަކަށް އެކައުންޓް ބަދަލުކުރުމެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

 

މިއަދު އޮންލައިން