ރޯދައަށް ހުރެ ޢަޞްރުނަމާދު ކުރެވުނު އަންހެނަކު ރޯދަ ވީއްލައިގެން މަޢްރިބް ނަމާދުކުރަން ބެލިއިރު ޙައިޟުވެފަ ހުރިނަމަ ރޯދަ ޞައްޙަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރޯދައަށް ހުރެ ޢަޞްރުނަމާދު ކުރެވުނު އަންހެނަކު ރޯދަ ވީއްލައިގެން މަޢްރިބް ނަމާދުކުރަން ބެލިއިރު ޙައިޟުވެފަ ހުރިނަމަ ރޯދަ ޞައްޙަވާނެތޯ؟

އަޅުގަނޑު ފާޚާނާކޮށް ވުޟޫކޮށްގެން ޢަޞްރު ނަމާދުކުރީމެވެ. ނަމަވެސް ރޯދަވީއްލައިގެން މަޣްރިބް ނަމާދުކުރަންވެގެން ބެލިއިރު ވަނީ ޙައިޟުވެފައެވެ. އަޅުގަނޑުގެ އެދުވަހުގެ ރޯދަ ޞައްޙަވާނެތޯއެވެ؟ 

ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ އިން ޝާ ﷲ އެދުވަހު އޭނާ ހިފި ރޯދަ ޞައްޙަވާނެ ކަމަށެވެ. އެއީ ޙައިޟުވިއިރެއް އޭނާއަށް ޔަޤީން ނުވާތީ ކަމަށެވެ. އިރުއޮއްސުމުގެ ކިތަންމެ ކުޑަ އިރުކޮޅެއް ކުރިން ޙައިޟުވިކަން އެނގުނު ނަމަވެސް ރޯދަ ގެއްލޭނެއެވެ. އެޙާލަތުގައި އޮތީ ރޯދަ ޤަޟާ ކުރުމެވެ.

ޢިލޮްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޙައިޟުވިކަމާއިމެދު އެއްވެސް ޝައްކެއް އުފެދިއްޖެނަމަ ވަޤުތުން އެކަން ޔަޤީންކުރަންވާނެއެވެ. އަދި އިރުއޮއްސުމުގެ ކިތަންމެ ކުޑަ އިރުކޮޅެއް ކުރިން ރޯދަ ދޫކޮށްލަން ޖެހުނު ނަމަވެސް އޮތީ ރޯދަ ދޫކޮށްލުމެވެ. ކައިބޮއި ހެދުމެވެ. ރޯދަ ހިފަނީވެސް ﷲ ތަޢާލާ އެންގެވުމުންނެވެ. ރޯދަ ގެއްލޭ ޙާލަތުގައި ރޯދަ ދޫކޮށްލަނީވެސް ﷲ ތަޢާލާގެ އެންގެވުމަށެވެ. ވީމާ އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. 

މިއަދު އޮންލައިން