ފަލަވުމަކީ ޢާއިލީ ކަމެއްކަމަށް ނުވަތަ ހަމަ ހުއްޓައި ކުރިމަތިވާ ކަމެއް ކަމަށް ބުނެފަ ނިންމައެއް ނުލެވޭނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފަލަވުމަކީ ޢާއިލީ ކަމެއްކަމަށް ނުވަތަ ހަމަ ހުއްޓައި ކުރިމަތިވާ ކަމެއް ކަމަށް ބުނެފަ ނިންމައެއް ނުލެވޭނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

ފަލަ މީހަކު ޑޮކްޓަރަށް ގޮސްފައި ބުންޏެވެ. "އަހަރެން ހަމަ ފަލަވަނީއެވެ. މިއީ ޢާއިލީ ކަމެކެވެ." އެގެ ޖަވާބުގައި ޑޮކްޓަރު ބުނީ ފަލަވުމަކީ ގައިން ގައަށް އަރަމުން ދުވާ ބައްޔެއް ނޫންކަމަށެވެ. 

މީސްތަކުންނޭވެ! މީހަކު ފަލަވެދާނެއެވެ. ފަލަވާނަމަ އެކަން އެހެން ވިޔަނުދިނުމަށް ކުރަންޖެހޭ ކަްނކަން ކުރަންޖެހޭނެއެވެ. އަމިއްލައަށް ނުއެނގޭނަމަ ޑޮކްޓަރުންގެ ނުވަތަ ޑައިޓިޝަނުންގެ ލަފާހޯދަންޖެހޭނެއެވެ. ކެއުމުގެ ކަންކަން އެމީހުން ބުނާ ގޮތަށް ބަދަލުކުރަންޖެހޭނެއެވެ. ކަސްރަތުކުރަންޖެހޭނެއެވެ. އެގޮތަށް ކަންކަން ކުރުމުން ފަލަވާނީ ވަރަށް މަދުމީހެކެވެ. ގިނަ މީހުންނަށް ޝިފާލިބޭނެއެވެ.

ބުނަން މިއުޅޭ ވާހަކައަކީ ކޮންމެ ކަމަކާއި ގުޅިގެންވެސް އެމީހެއްގެ ޒިންމާތަކެއްވާނެއެވެ. ފުރަތަމަ އޮތީ އެޒިންމާތައް އަދާކުރުމެވެ. ތިމާކުރަންޖެހޭ ކަންކަންކުރުމެވެ. އިތުރަށް ވާހަކަދެއްކުންއޮތީ ތިމާއަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށްފަހުގައެވެ. 

އެހެނަސް މިއަދު އެމީހަކު އަދާކުރަންޖެހޭ ޒިންމާ އަދާކުރަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ. ކޮންމެ ކަމެއްވެސް އަޅުވަންބޭނުންވަނީ އެހެން ކޮންމެވެސް މީހެއްގެ ބޮލުގައެވެ. ތިމާކުރަންޖެހޭ އަޅުކަން ނުކޮށްފައި އެކަންވެސް އަޅުވަން ބޭނުންވަނީ ކޮންމެވެސް މީހެއްގެ ބޮލުގައެވެ. ކޮންމެވެސް މީހަކާއިހުރެ ނަމާދުވެސް ނުކުރެވުނީކަމަށް ބުނަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟ 

އިސްލާމް ދީނުގައި ޘާބިތުވެ ހުރެވެން އޮތީ އެމީހަކު ނަގަންޖެހޭ ޒިންމާ ނަގައިގެންނެވެ. އެމީހަކު ކުރަންޖެހޭ ކަންކަންކޮށްގެންނެވެ. ކިތަންމެ ތަނަވަސްވެފައި ކިތަންމެ ގިނަ ނޯކަރުން ތިބިނަމަވެސް ތިމާކުރަންޖެހޭ ނަމާދުކުރަންޖެހޭނީ އެމީހަކަށެވެ. އެހެން މީހަކު ލައްވައެއް ނުކުރެވޭނެއެވެ. 

ވީމާ ކޮންމެ މުސްލިމަކީވެސް އެމީހަކު އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުންމަތީގައި ހުންނަ މީހަކަށްވާށެވެ! ސަލާމަތްކަން އޮތީ އެއިރުންނެވެ. 

- ޝައިޚް މުޙައްމަދު ހޮބްލޮސް

މިއަދު އޮންލައިން