ދިމާވާ ގޮތަކުން ފަތިސް ނަމާދަށް ނުހޭލެވުނަސް މެންދުރުނަމާދާއި އެކުގައި ފަތިސްނަމާދުކުރަން މަޑުކުރަން ހެޔޮނުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދިމާވާ ގޮތަކުން ފަތިސް ނަމާދަށް ނުހޭލެވުނަސް މެންދުރުނަމާދާއި އެކުގައި ފަތިސްނަމާދުކުރަން މަޑުކުރަން ހެޔޮނުވާނެއެވެ!

ދިމާވާ ގޮތަކުން ފަތިސް ނަމާދަށް ނުހޭލެވުނު ނަމަވެސް މެންދުރުނަމާދާއިއެކުގައި ފަތިސްނަމާދުކުރަން މަޑުކުރަން ހެޔޮނުވާނެއެވެ! އެހެނީ ސުންނަތުގައި އޮތީ ހޭލެވުމާއިއެކު އިހު ސުންނަތާއި ފަތިސްނަމާދު ވީހައި އަވަހަކަށް ކުރުމެވެ. ފަތިސްނަމާދަށް ރަސޫލާ ﷺ އަށް ހޭފުޅު ނުލެއްވެވުނު ހަމައެކަނީ ދުވަހުވެސް ޢަމަލުފުޅު ކުރެއްވެވީ އެގޮތަށެވެ.

ދެވަނަ ކަމަކީ މެންދުރު ނަމާދާއިއެކުގައި ކުރާނަމަ މެންދުރު ނަމާދުގެކުރިން ފަތިސްނަމާދުގެ އިހު ސުންނަތާއި ފަތިސްނަމާދުކުރަން އެބަޖހެއެވެ. އެއީ 4 ރަކްއަތެވެ. އިމާމް މީހާ މެންދުރު ނަމާދަށް ބަންގިގޮވުމުގެ ކުރިން ފަތިސްނަމާދު ޤަޟާނުކުރެވިއްޖެނަމަ މެންދުރުނަމާދުގެ އިހުސުންނަތް ގެއްލުނީއެވެ. ސަބަބަކީ މެންދުރުނަމާދުކުރެވޭނީ ފަތިސްނަމާދު ޤަޟާކުރުމަށްފަހުގައި ކަމަށްވާތީއެވެ.

3 ވަނަ ކަމަކަށް ދުވަސް ފަށަން އޮތީ ފަތިސް ނަމާދުންނެވެ. މެންދުރު ނަމާދުވަގުތުވަންދެން ފަތިސްނަމާދުނުކޮށް އެހެންކަންކަމުގައި އުޅުމުން ދުވަސް ފެށީ ފަތިސްނަމާދުން ކަމަކަށް ނުވާނެއެވެ.

ހަމައެކަނި މި 3 ސަބަބަށް ބަލައިލި ނަމަވެސް އޮތީ ފަތިސްނަމާދުގެ ވަގުތުގައި ކަމެއް ދިމާވެގެން ނުހޭލެވުނު ނަމަވެސް ނިދީން ހޭލެވުމާއިއެކު ފަތިސްނަމާދުގެ އިހު ސުންނަތާއި ފަތިސްނަމާދުކުރަން އަވަސްވެގަތުމެވެ. މުޅި ދުވަހު ﷲ ތަޢަލާގެ ރައްކައުތެރިކަމުގައި ހުރުމުގެ ފުރުޞަތު ލިބިގެންދާނީވެސް އެއިރުންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން