ޢަޞްރު ނަމާދު ނުކުރެވި ހުއްޓައި މަޣްރިބްނަމާދު ވަޤުތު ޖެހިއްޖެނަމަ ޢަމަލުކުރަންޖެހޭނެ ގޮތް-: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޢަޞްރު ނަމާދު ނުކުރެވި ހުއްޓައި މަޣްރިބްނަމާދު ވަޤުތު ޖެހިއްޖެނަމަ ޢަމަލުކުރަންޖެހޭނެ ގޮތް-: ޑރ. ޒާކިރު ނައިކް

މިއީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ސަބަބެއް ދިމާވެގެން ޢަޞްރުނަމާދު ނުކުރެވި ހުއްޓައި މަޣްރިބް ނަމާދުގެ ވަޤުތު ޖެހިއްޖެނަމަ ކުރިން ކުރަންޖެހޭނީ ކޮން ނަމާދެއްތޯއެވެ؟ މަޣްރިބް ނަމާދުގެ ޖަމާޢަތް ފަށައިފިނަމަ ކުރިން ކުރާނީ ކޮން ނަމާދެއްތޯއެވެ؟ އެޙާލަތުގައި ޢަބްރު ނަމާދުކުރާނީ ކިހިނަކުންތޯއެވެ؟ 

ފިރަތަމަކަމަކަށް އޮތީ ފަރުޟު ނަމާދުތައް ތަރުތީބުން ކުރުމެވެ. ފަރުޟު ނަމާދުތަކުގެ ތަރުތީބު އޮޅުވައެއް ނުލެވޭނެއެވެ. ވީމާ ޢަޞްރު ނަމާދު ނުކޮށް ހުއްޓައި މަޣްރިބް ނަމާދަށް ބަންގި ގޮވައިފިނަމަ އިމާމް މީހާ ޖަމާޢަތް ފެށުމުގެ ކުރިން އަވަހަށް ޢަޞްރުނަމާދުކޮށްލާށެވެ. ޢަޞްރު ނަމާދު ކުރާނެ ވަޤުތު ނުލިބިއްޖެނަމަ ޢަބްރު ނަމާދުކުރަން ނިޔަތް ގަނެގެން މަޣްރިބް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާށެވެ. އިމާމްމީހާ ސަލާމް ދިނުމުން ތެދުވެ ޢަޞްރު ނަމާދުކުރާށެވެ. އެއަށްފަހު މަޣްރިބް ނަމާދުކުރާށެވެ. 

ރަވާތިބް ސުންނަތް ކުރުމުގައި ތަފާތެވެ. ކުރީގެ ނަމާދެއްގެ ރަވާތިބް ސުންނަތް ނުކުރެވި އޮތްނަމަ ފަހުން ކުރެވިދާނެއެވެ. އެކަމުގައި މައްސަލައެއް ނެތެވެ. ނަމަވެސް ފަރުޟު ނަމާދުގެ ތަރްތީބް އޮޅުވައެއް ނުލެވޭނެއެވެ. އިސްފަސް ނުކުރެވޭނެއެވެ. ކުރަންޖެހޭނީ ތަރްތީބުންނެވެ. 

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން

މިއަދު އޮންލައިން