އޮނަސައްތަ އިސްމްފުޅުގެ ތެރެއިން އެންމެ ގިނައިން ކިޔަންޖެހޭ 2 ނަންފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އޮނަސައްތަ އިސްމްފުޅުގެ ތެރެއިން އެންމެ ގިނައިން ކިޔަންޖެހޭ 2 ނަންފުޅު-

އޮނަސައްތަ އިސްމްފުޅުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އެވާހަކަ ދެކެވޭއިރަށް ޢާންމުގޮތެއްގައި ހަނދާނަށް އަންނާނީ ދުޢާކުރުމެވެ. އެހެނީ ދުޢާ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ދުޢާ އެކުރާ ކަމަކާއި ގުޅޭ ގޮތުން އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ﷲ ތަޢަލާގެ ނަންފުޅު ބޭނުންކޮށްގެންވެ. އެހެންނަމަވެސް މިވަޤުތު ދައްކަން މިއުޅެނީ މުޅިން ތަފާތު ކަމެއްގެ ވާހަކައެވެ.  

ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ އެކަމުގައި މަތިވެރި ޙިކުމަތެއް އޮތުމުންނެވެ. ވީމާ މިކިޔައިދެނީވެސް ވަރަށް ބޮޑަށް ވިސްނާލަންޖެހިފައިވާ ކަމެއްގެ ވާހަކައެވެ. އެއީ އެކަމަށް ސަމާލުކަންދިނުމުގެ މުހިންމުކަން ބޮޑުކަމުންނެވެ   

ﷲ ތަޢާލާ އަށް ޚާއްޞަވެގެންވާ 99 ނަންފުޅު ވެއެވެ. އެއަށް އަހަރެމެން ކިޔަނީ އޮނަސައްތަ އިސްމުފުޅެވެ. އަސްމާއުލްޙުސްނާ އެވެ. އެއިގެ ތެރެއިންވެސް 2 ނަންފުޅެއް ވަރަށް ގިނައިން ކިޔަން ޖެހޭނެ ގޮތަށް ﷲ ތަޢާލާ ވަނީ މެދުވެރި ކުރައްވަވައިފައެވެ. އެއީ ކޮން ދެ ނަންފުޅެއްހެއްޔެވެ؟ 

މިވަރުގެ ކުޑަކުޑަ ސުވާލެއް ކޮށްލުމުން ތިއަ ތިބީ ކަންބޮޑުވެ ހާސްވެފައެވެ. އެކަމުން އެނގެނީ އިސްލާމް ދީނުގައި ހުރި މިވަރުގެ ކުދިކުދި ކަންތައްތަކާއިމެދު ވެސް އަހަރެމެންނަށް ވިސްނައި ފިކުރުކުރެވޭ މިންވަރު ކުޑަކަމެވެ. 

އަހަރެމެން ކޮންމެ ކަމެއް ކުރި ނަމަވެސް ކުރަން ފަށަން ޖެހެނީ ކިޔައިގެންނެވެ. ކިޔުމުން ކިޔާ ކޮންމެ ފަހަރަކު (ﷲގެ އިތުރުން) އައްރަޙްމާން އަދި އައްރަޙީމް އެބަ ކިޔެއެވެ. 

މީގެ އިތުރުން ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަލްޙަމްދު ކިޔަވަންޖެހޭއިރު އަށްފަހު الرَّحْمَٰنِ الرَّحِيمِ ކިޔަވަންޖެހެއެވެ އެހެންކަމުން އެ 2 ނަންފުޅުގެ މަތިވެރިކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ. 

މީސްތަކުންނޭވެ! ނުކިޔައި ހަމަ އެއްވެސް ކަމެއް ކުރަން ނުފަށާށެވެ. ކުރާ ކޮންމެ ކަމެއްވެސް ކުރަން ފަށަމުން ކިޔެވުމުން އެކަމެއްގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ.  

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ހަމައެކަނި ގޭގެ ބިންގާ އަޅަމުން ނުވަތަ ކާން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެހެން އޮތް ކަމެއް ނޫނެވެ. ބޭނުންކުރާ ކޮންޕިޔުޓަރުން މަސައްކަތްކުރަން ފަށަމުން ވެސް ކިޔަވާށެވެ. މެދުކަނޑާލާފައި އަލުން ފެށި ނަމަވެސް ކިޔަވާށެވެ. މާނައަކީ ނުކިޔަވައި ހަމަ އެއްވެސް ކަމެއް ކުރަން ނުފަށާށެވެ! 

މިފަދަ ހެޔޮ އަމަލުތައް މަތިން މީސްތަކުން މިދަނީ ހަނދުމަ ނެތެމުންނެވެ. ކަމަކީ ވަރަށް ކުޑަކުޑަ އަމަލެކެވެ. ނަމަވެސް އެކަމުން ލިބޭނެ ފައިދާ ވަރަށް ބޮޑު ކަންކަމެވެ.

-  އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން