ބިސްމިންކިޔަންޖެހޭ ކަންތަކާ، ނުޖެހޭ ކަންތަކާ ބިސްމި ކިޔުން މަކްރޫހަ ކަންތައްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބިސްމިންކިޔަންޖެހޭ ކަންތަކާ، ނުޖެހޭ ކަންތަކާ ބިސްމި ކިޔުން މަކްރޫހަ ކަންތައްތައް-

އަޅުންގެ ޢަމަލުތައް ތިންބަޔަކަށް ބެހިގެންވެއެވެ. އެއީ: 

ބިސްމި ކިޔަން ޖެހޭ ކަންތައް: މިޘާލަކަށް ހިނައިގަތުމުގެ ކުރިން، ވުޟޫ ކުރުމުގެ ކުރިން، ޖަނަވާރު ޛަބަޙަ ކުރުމުގެ ކުރިން ފަދަ ކަންތަކެވެ. 

ބިސްމި ކިޔަން ނުޖެހޭ ކަންތައްތައް: މިޘާލަކަށް، ބަންގި ގޮވަން ފެށުމުގެ ކުރިން، ނަމާދު ކުރަން ފެށުމުގެ ކުރިން، ދުޢާ ކުރަން ފެށުމުގެ ކުރިން ފަދަ ކަންތަކެވެ. 

ބިސްމި ކިޔުން މަކްރޫހަ ކަންތައްތައް: މިޘާލަކަށް: ޙަރާމް ކަންތައް ކުރުމުގެ ކުރިން، ސަބަބަކީ ބިސްމި ކިޔަނީ ބަރަކާތް ޙާޞިލް ކުރުމުގެ ބޭނުމުގައެވެ، ނަމަވެސް ޙަރާމް ކުރެއްވި އެއްވެސް ކަމެއް ކުރުމުގައި ބަރަކާތެއް ނެތެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން