އަންހެނުންގެ ކުރިމަތީ ފަރާތުން ދެބާވާތެއްގެ ތަކެތި ނިކުމެއެވެ. އެއީ:
1. އެ އެއްޗެއް ނިކުތުމުން ހިނައިގަތުން ވާޖިބުވާ ތަކެތި، މިޘާލަކަށް ނިދާފައި އޮއްވާވެސް އަދި ހޭލާ ހުއްޓާވެސް މަނި ބޭރުވުން. މަނި ވަކި ކުރަން އެނގޭނެ ޢަލާމާތްތަކުގެ ތެރޭގައި:
ü ޝަހްވަތަކާ އެކު ނިކުތުން.
ü ބޭރުވުމަށްފަހު ޝަހްވަތު ކެނޑިގެން ދިޔުން.
ü ވަހުން
ü އަންހެނުންގެ މަނި ހުންނާނީ ރީނދޫ ކުލަ އެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَمَاءُالْمَرْأَةِرَقِيقٌأَصْفَرُ)رواهمسلم. މާނައަކީ: "އަންހެނުންގެ މަނި ހުންނާނީ މަޑު ރީނދޫ ކުލައެއްގައެވެ."
އެ އެއްޗެއް ބޭރުވުމުން ހިނައިގަންނަން ނުޖެހޭ ފަދަ ތަކެތި..
އެއީ އަންހެނާގެ ކުރިމަތީ ފަރާތުން ބޭރުވާ މަޛްޔު ނުވަތަ ވަދްޔު ނުވަތަ ފެނެވެ. މިފަދަ ތަކެތި ނިކުތުމުން ހިނައިގަންނަން ނުޖެހުނުނަމަވެސް ވުޟޫ ކުރަން ޖެހޭނެއެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް