ކައިވަނި ކުރުމަށް ރަންކިޔުމަށްފަހު ކައިވެނި ފޯމް ކެންސަލްކޮށް އެ އަންހެންކުއްޖާއަށް އެހެން މީހަކާ ކައިވެނި ކުރެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވަނި ކުރުމަށް ރަންކިޔުމަށްފަހު ކައިވެނި ފޯމް ކެންސަލްކޮށް އެ އަންހެންކުއްޖާއަށް އެހެން މީހަކާ ކައިވެނި ކުރެވިދާނެތަ؟

ރަންކިޔާ ކައިވެންޔަށް އެދި ފޯމް ފުރުމަކީ ކައިވެނި ކުރުމެއް ނޫނެވެ. ކައިވެނި ކުރުމަށްވާނީ ކައިވެނީގެ ޢަގްދު ކުރެވުމުންނެވެ. ވީމާ، ކައިވެނިކުރަން ފޯމްފުރާ ރަންކިޔުމަށްފަހުގައި، އިންނަން އުޅޭ ފިރިހެން ކުއްޖާގެ ފަރާތުން ގޯސްކަމެއް ފެނިއްޖެކަމަށް ވަނީނަމަ ފޯމް ކެންސަލްކޮށް އެހެންމީހަކާ ކައިވެނި ކުރުމަކީ މައްސަލައެއް ނޫނެވެ. والله أعلم 

އިތުރު 2 ސުވާލާ ޖަވާބު:  

ދީނުގައި މޫނުބުރުގާއެޅުން ވާޖިބުކުރޭތޯ؟ އަދި ކޮންމެހެން ކަޅުހެދުންލުމަކީވެސް އަންހެނުންނަށް ކުރަންޖެހޭކަމެއްތޯ؟ 

ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި އަންހެނުންގެ ޢައުރަ އަކީ މޫނާއި ދެއަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެކެވެ. ޙަންބަލީ މަޛްހަބުގައި މުޅިހަށިގަނޑެވެ. އެހެންކަމުން، މޫނު ބުރުގާ އެޅުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ވާޖިބު ކަމެއް ނޫނެވެ. ކޮންމެހެން ކަޅުހެދުން ލުމަކީ ލާޒިމްކަމެއް ނޫނެވެ. މީހުން އަޅައި ނުގަންނަ ކަހަލަ ގަދަކުލައަކުން ހެދުން ލުމަކުން މައްސަލައެއް ނެތެވެ. والله أعلم 

އައްސަލާމުޢަލައިކުމް ވަރަޙްމަތުލްﷲ، އަޅުގަނޑުގެ ބައްޕަ މިހާރު އިންދެގެން އުޅޭ އަނބިމީހާ  ދޭތެރެޖައްސާ ބައްޕަ އާއި ދަރީންގެ މެދު ފިތުނަ އުފައްދާ ބައްޕަވަނީ ދަރީންނާއި އޮންނަ ލޯތްބާއި ގުޅުން ވަރަށް ބޮޑަށް ކެނޑިފައިއެވެ. ބައްޕަގެ އަނބިމީހާ ބޭނުން ވަނީ ބައްޕަ، ބައްޕަގެ ދަރީންނާއި ގުޅުން ކަނޑާފައި އޭނާގެ ދަރީންނަށް ގުޅުން ބައްވާ ލޯބި ދިނުމަށެވެ. އަދި ގޯތިތެރޭގައި ސިޙުރުގެ ކަންތައްތަކުގެ ނިޝާންތައްވެސް ފެނިފައިވޭއެވެ. މީގެ ނަތީޖާ އުންމެ ފަހުން ނުކުތީ ގޯތިގައި މެދުފާރު ރާނާ މުޅިން ބައްޕަ އާއި އަޅިގަނޑުމެން ވަކިކޮށްލާފައިއެވެ. އެކަމުވެސް އަޅުގަނޑުމެން ބޭނުން ވަނީ ބައްޕައަށް ގުޅުން ގާއިމުކުރުމަށެވެ. އަޅުގަނޑުމެން ބައްޕަ ދެކެ ވަރަށް ލޯބިވޭއެވެ. މިހިތާމައިން ނުވަތަ މުސީބާތުން ސަލާމަތް ވާނެ ދުޢާ ވިދާޅުވެދެއްވުން ވަރަށް ބޮޑަށް އެދެމެވެ؟ 

ދުޢާ އަކީ މުއިމިނުންގެ ހަތިޔާރެވެ. އެހެންކަމުން، ކޮންމެ ކަމަކަށްމެ އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރަންވީއެވެ. ކޮންމެ ބަހަކުން ދެންނެވިނަމަވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން