މުޞީބާތުގެ ވަގުތުގަ ރަސޫލް ޞޢވ ޙަދީޘްކުރެއްވެވި ބަސްފުޅާ ކުރެއްވެވި ދުޢާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މުޞީބާތުގެ ވަގުތުގަ ރަސޫލް ޞޢވ ޙަދީޘްކުރެއްވެވި ބަސްފުޅާ ކުރެއްވެވި ދުޢާ!: މުފްތީ މެންކް

މިފާހަގަކޮށްލަނީ ވަރަށް މުހިންމު ކަމެކެވެ. އެކަން އެހައި މުހިންމުވަނީ ކޮންމެ މީހަކީވެސް އަބަދުވެސް މުޞީބާތްތަކާއި ކުރިމަތިލާންޖެހޭނެ މީހުއް ކަމުގައިވާތީއެވެ! އެއްވެސް މުޞީބާތެއް ކުރިމަތިނުވެ މީހަކަށް ދުނިޔޭގައި އުޅެވޭނަމަ އެކަންވާނީ ވަރަށް އާދައާ ޚިލާފްކަމަކަށެވެ. 

ދުނިޔޭގައި ލެއްވެވިހައި މީސްތަކުންގެ ތެރެއިން އެންމެ ގިނަ އަދި އެންމެ ބޮޑެތި މުޞީބވާތްތަކުގައި އުޅުއްވަވަން ޖެހިވަޑައިގަތީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު () އަށެވެ. އެހެންކަމާއިއެކު ވެސް ރަސޫލް () އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ހިތާމަފުޅެއްވެސް ނުކުރައްވަވައެވެ. 

ކޮންމެ ފަދަ ބޮޑު މުޞީބާތެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ "މިއަޅާ ބޭނުންވަނީ އިނބަ ﷲ ގެ ރުހިވޮޑިގަތުމެވެ. އިނބަ ﷲ މިއަޅާ އާއިމެދު ރުހިވޮޑިގެންވާނަމަ މިއަޅާ މިހުރީ ހަމަ ވަރަށް އުފަލުންނެވެ." 

ދެން ބަލައިލަންވީ އެންމެ ބޮޑު މުޞީބާތާ ބިރުވެރިކަން ކުރިމަތިވެވަޑައިގެންނެވިހިނދު. ޞާޙާބީން އިންތިހާއަށް ކަންބޮޑުވެވަޑައިގެންނެވި ހިނދު ކުރެއްވެވި ދުޢާއަށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވައިމެ ކުރެއްވެވީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ! 

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

ޔަޤީންކުރަން ޖެހޭ ކަމަކީ ކިތަންމެ ބޮޑު މުޞީބާތެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވިނަމަވެސް މިދުޢާ ، އިޚްލާޞްތެރިކަމާއިއެކު ކޮށްފި މީހަކަށް ﷲ ތަޢާލާ މަގުދައްކަވައި އެކަމަކުން އެމީހަކު ސަލާމަތކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން