މިހާރު ގިނަ ލޯބީގެ ގުލުންތައް އުފެދެނީ ފޯނުން !! ވިސްނާ ފިކުރުކޮށްލަމާ !! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިހާރު ގިނަ ލޯބީގެ ގުލުންތައް އުފެދެނީ ފޯނުން !! ވިސްނާ ފިކުރުކޮށްލަމާ !!  މުފްތީ މެންކް

މީހަރަކަށް އައިސް އެންމެ ގިނަ ބައަކު އެންމެ ގިނަ ވަގުތު ހޭދަކުރަނީ ފޯނުގައިކަމަށް މިއޮތީވެފައެވެ. މިގޮތަށް ހޭދަކުރެވޭ ވަގުތުގެ ތެރެއިން ފޯނުން ލޯބީގެ ގުޅުން އުފެދި ކައިވެނިވެސް އެބަކުރެވެއެވެ. އަނެއްބައި ފަހަރު ޢިއްފަތްތެރިކަން ޤުްރްބާންކުރެވޭފަހުން ބާކީވެސް ވެއެވެ. އަނެއްބައި ފަހަރު އަތްމަތިވެސް ހުސްވެއެވެ.

ކޮންމެއަކަސް ކައިވެނިކޮށްގެން ދެމީހުން އެކުގައި ދިރިއުޅެން ފެށުމާއިއެކު މައްސަލަތައް ކުރިމަތިވާންފަށައެވެ. ބައިވެރިޔާގެ ކިބައިން ފެންނަނީ ކުރިން ވިސްނިފައި އޮތް ސިފަތައް ނޫން ކަމަށް ބުނެ ގިނަ ބައަކު އެބަ ޝަކުވާވެސް ކުރެއެވެ. ވީމާ މިއީ ހޭލުންތެރިކަން އިތުރުކުރަންޖހިފައިވާ ކަމެކެވެ.

ކައިވެނީގެ އުފާވެރިކަން ލިބިގެންދާނީ ޙަލާލް ގުޅުމުގެ ތެރެއިން ޙަލާލް ގޮތުގައި ކައިވެނިކުރުމުންނެވެ. ކައިވެނި ކުރުމަށްޓަކައި ބަލަން އިސްލާމް ދީނުގައި ހުރި ކަންކަމަށް ބަލައިގެން ކައިވެނިކުރުމުންނެވެ. އެކަންކަމަކީ ފޯނުން ދެކެވޭ ވާހަކައަކުން އެކަނި ބެލޭނެ ކަންކަމެއް ނޫނެވެ. ދެފަރާތުގެ ޢާއިލާ ބައްދަލުވެ މަޝްވަރާކުރަންވެސް ޖެހޭނެއެވެ.

ފޯނުން މީހަކާއި ބައްދަލުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފައްދައި ކައިވެނިކުރުމާއި ހަމައަށް ކަންކަން ކުރިއަށް ގެންދަންޖެހޭނީ އިސްލާމް ދީނުގައި އެކަމަށް އޮތް ހަމަތަކާއި އުޞޫލުތަކުންނެވެ. ތަޤްވާވެރިކަމަށާއި އަޚްލާޤަށް ބަލައިގެންނެވެ.

އެހެން ނޫންނަމަ، ހަމައެކަނި ފޯނަށް ބަލައިގެން ކައިވެނިކޮށްގެން ނިދަން އެނދަށް އެރީމާ ބައިވެރިޔާ އޮންނާނީ އެހެން މީހަކާއިއެކު ފޯނުގައެވެ! ކައިވެނިކުރެވިފައިވާނީ ފޯނަކާއިއެވެ. ވީމާ ފޯނު ބޭނުންކުރުން މިހައި ބޮޑަށް ޢާންމުވެފައިވާ ޒަމާނެއްގައި މިކަންކަމަށް ސަމާލުކަންދީގެން ކައިވެނި ނުކުރެވޭނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. ކައިވެނިކުރުމަށްފަހު ގިނަ ފަހަރަށް އޮންނާނީ ހިތާމަކުރަން ޖެހިފައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން