މީހަކު މަރުވާއިރު އެމީހާގެ އެކައުންޓުގައި ސޭވްކޮށްފަ ހުންނަ ފައިސާއިން ޒަކާތް ނެރެންޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
މީހަކު މަރުވާއިރު އެމީހާގެ އެކައުންޓުގައި ސޭވްކޮށްފަ ހުންނަ ފައިސާއިން ޒަކާތް ނެރެންޖެހޭނެތޯ؟

ސުވާލު:

މީހަކު މަރުވާއިރު އެމީހާގެ އެކައުންޓުގައި ސޭވްކޮށްފަ ހުންނަ ފައިސާއިން ޒަކާތް ނެރެންޖެހޭނެތޯ؟

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޖަވާބު:

މީހަކު މަރުވާއިރު އޭނާގެ އެކައުންޓުގައި ޒަކާތުގެ ނިޞާބަށްވުރެ އިތުރަށް ފައިސާހުރެފައި މަރުވުމުގެ ކުރިން ޒަކާތް ނުދެއްކި އޮވެއްޖެ ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތަކީ، ވާރިސުންގެ މެދުގައި އެފައިސާ ބެހުމުގެ ކުރިން އެއިން މުދަލު ޒަކާތަށް ވާޖިބުވެގެންވާ ބައި ނެރުމެވެ.

ސަބަބަކީ އެއީ ﷲ ގެޙައްޤަކަށްވުމެވެ. އެއީ ﷲ އަށްޓަކައި އަދާކުރަންޖެހޭ ދަރަންޏެކެވެ. މިގޮތަށް ޒަކާތަށްވީ ބައި ނެރުމަށް ފަހު، ބާކީ ހުންނަ ފައިސާ ވާރިސުންގެ މެދުގައި، ޝަރުޢީ ހަމަތަކުގެ މަތިން ބަހާނީއެވެ.

 

މިއަދު އޮންލައިން