ފިރިމީހާ ބޭވަފާތެރިވުމަކީ ތިބާ ﷲ ތަޢާލާގެ ދީނަށް ބޭވަފާތެރިވާ ސަބަބަކަށް ހަދައިގެން އުފާވެރިކަމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފިރިމީހާ ބޭވަފާތެރިވުމަކީ ތިބާ ﷲ ތަޢާލާގެ ދީނަށް ބޭވަފާތެރިވާ ސަބަބަކަށް ހަދައިގެން އުފާވެރިކަމެއް ނުލިބޭނެ!

ލޮބުވެތި އަނބިންނޭވެ! ފިރިމީހާ ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް ވިއްދައިގެން ބަދަލުހިފުމުގެ ގޮތުން ނަމަވެސް ޢަމަލެއް ކުރާނަމަ މިކުރެވެނީ ﷲ ތައާލާ ތިމާއަށް ރުހިވޮޑިގަންނަވާނެ ޢަމަލެއްކަން ޔަޤީންކުރާށެވެ! ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ނުކުރާށެވެ. ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާފަދަ، ޢަޛާބް ދެއްވަވާނެ ޢަމަލެއް ނުކުރާށެވެ! 

ފިރިމީހާ ކުރި ނުބައިޢަމަލުގެ ޖަޒާ އޭނާއަށް ދެއްވަވާނެތެވެ! އަދި ތިބާ ނުބައި ޢަމަލެއް ކޮށްފިނަމަ ތިބާއަށްވެސް އޮތީ ހަމަ އެގޮތެވެ. ވީމާ ފިރިމީހާ ބޭވަފާތެރިވިނަމަވެސް އެއީ ތިއަ ކަނބަލުން އޭނާ ފަދައިން ނުބައި ޢަމަލެއް ކުރަން އޮތް ސަބަބެއް ކަމަށް ނުހަދާށެވެ! 

ލޮބުވެތި ކަނބަލުންނޭވެ! މިހެން ބުނަން މިޖެހުނީ މިހާރަކަށް އައިސް ފިރިމީހާ ބޭވަފާތެރިވުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ހަމަ އޭނާ ކުރިފަދަ ނުބައި ޢަމަލުތައް ކުރެވޭ މައްސަލަތައް ގިނަވާތީއެވެ. ވިސްނައިލަންވީ ތިމާ އާއިމެދުގައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބޭނެ ގޮތަކާއިމެދުގައެވެ. ތިމާ ފާފަވެރިނުވެ ސަލާމަތްވެވޭނެ ގޮތަކާއިމެދުގައެވެ. 

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓިއްޖެނަމަ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އެއީ ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. މުހިންމީ އުފާވެރި ދިރިއުޅުމެއް ނޫން ހެއްޔެވެ؟ އާޚިރަތް ދުވަހުން ސުވަރުގެ ލިބުން ނޫންހެއްޔެވެ؟ އެކަންކަން ލިބުން އޮތީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު ވަރަކުންނެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ފިރިމީހާ ގުޅުނީ މޫނުގައި އިރުއިރުކޮޅާ ދަވާދުލައި ﷲ ތައާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ހެދުން އަޅާ އަންހެނަކާއި ކަމަށް ވެއްޖެނަމަ އޭނާ އާއި އެކަންކަމުގައި ވާދަނުކުރާށެވެ. ވާދަކުރަންވީ ﷲ ތަޢާލާ އަންގަވާފައި ގޮތަށް އުޅުމުގައެވެ. އެފަދަ އަންހެނަކަށް ވެވިއްޖެނަމަ ދެދުނިޔޭގައި އެމީހަކަށް އޮތީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން