ޙައްޖަށް ނުދެވުނަސް ޢުމުރާވެވިދާނެ މީހުން އަންނަ އަހަރުގެ ރަމަޟާން މަހު ޢުމްރާވުމަށް މިހާރުންސުރެ މަސައްކަތްފަށަންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޙައްޖަށް ނުދެވުނަސް ޢުމުރާވެވިދާނެ މީހުން އަންނަ އަހަރުގެ ރަމަޟާން މަހު ޢުމްރާވުމަށް މިހާރުންސުރެ މަސައްކަތްފަށަންޖެހޭ ސަބަބު-

މިއަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ނުދެވުނު ބައަކު ތިބޭނެއެވެ. އެއިގެ ތެރޭގައި މިއަހަރު ނުވަތަ އަންނަ އަހަރު ޙައްޖުވުމަށް ނިޔަތްގަނެގެން ތިބި ބައަކުވެސް ތިބޭނެއެވެ. އަދި ކެރިކުޅަދާނަކަމާއި ތަނަވަސްކަން ހުންނަ މިންވަރުން ޙައްޖަށް ނުދެވޭނެ ބައަކުވެސް ތިބޭނެއެވެ. 

ކޮންމެއަކަސް މިއަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ނުދެވުނުނަމަ، އަދި ޙައްޖުވުމުގެ ކުޅަދާނަކަން ނެތިފައި ޢުމްރާވުމުގެ ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ހުރިނަމަ އަންނަ އަހަރުގެ ރަމަޟާން މަހު ޢުމްރާއެއްވުމަށް ނިޔަތްގަނެގެން މިހާރުންސުރެ މަސައްކަތްކުރަމުން ގެންދާށެވެ! 

އެހެނީ ޙަދީޘްފުޅުގައި އޮތީ ރަމަޟާން މަހުގައި ޢުމްރާވުމަކީ ރަސޫލް ގެ އަރިއަހުގައި ޙައްޖުވުން ފަދަ ކަމެއްގެ ގޮތުގައެވެ. 

މިޙަދީޘްފުޅުގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ޙަދީޘްފުޅުގެ މާނައަކީ ރަމަޟާން މަހު ޢުމްރާއެއްވުމުން އަދި އެއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވުން ނޫން ކަމަށެވެ. ނަމަވެސް ޘަވާބުގެ ގޮތުން ޙައްޖުވުންފަދަ ކަމަށެވެ. ވީމާ ކެރިކުޅަދާނަވެގެންވާނަމަ ރަމަޟާންމަހު ޢުމްރާވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/104926/how-is-umrah-in-ramadan-equivalent-to-hajj

 

މިއަދު އޮންލައިން