ޝައިޠޯނާގެ ކެހިވެރި މަޅިތަކުގެ ތެރެއިން ރަނގަޅު މީހުންނަށްވެސް ޖެހެވޭ ބައެއް މަޅިތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޝައިޠޯނާގެ ކެހިވެރި މަޅިތަކުގެ ތެރެއިން ރަނގަޅު މީހުންނަށްވެސް ޖެހެވޭ ބައެއް މަޅިތައް-

ރަނގަޅު ގޮތުގައި އުޅެމުން އަންނަ ގިނަ ބައަކަށް ފަތިސްނަމާދަށް ހޭލެވެއެވެ، މިސްކިތަށް ނަމާދަށްދާން ވުޟޫވެސް ކުރެއެވެ. ނުކުންނަން އުޅޭތަނުން ވިސްނުން ބަދަލުވެދާނެއެވެ. "މިގަޑީގައި މިސްކިތަށް ދިއުމުގެ ބޭނުމެއް ނެތެވެ. އަނބިދަރިންނާއިއެކު ގޭގައި ނަމާދުކޮށްލިއްޔާ މާރަނގަލުވާނެއެވެ." އެހިސާބުން މިސްކިތުގެ ޖަމާޢަތަށް ދިއުން ދޫކޮށްލައި ގޭގައި ނަމާދުކުރެއެވެ. 

މިވީ ކިހިނަކުން ހެއްޔެވެ؟ ރަނގަޅު ހެޔޮލަފާ މީހުން ނަމާދުކުރުމެއް ޝައިޠޯނާއަކަށް ނުހުއްޓުވޭނެއެވެ. އެހެންވެ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަސިޔާރު ކުރުވީއެވެ. މަޤްބޫލު ޢުޒުރެއް ނެތް ނަމަ ފިރިހެނުންނަށް އޮތީ މިސްކިތަށް ގޮސް މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމެވެ. އެހެންވެ އޭނާ ހުއްޓުވީއެވެ. 

އަދިވެސް ޝައިޠޯނާ ވަރަށް ގިނައިން ބޭނުންކުރާ އުޅުޅެއް ބުނެފާނަމެވެ. އެއީ ޙަލާލުކަންކަން ކުރުވައިގެން ފާފަވެރިކުރުވުމެވެ. މިޘާލަކަށް ދީނުގައި ހުއްދަ ކުޅިވަރުތައް ކުޅުމާއި ކަސްރަތުކުރުމަކީ ދިނުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ހަމަކުރަންވީއެވެ. 

މައްސަލައަކަށްވަނީ އެކަންކަން ކުރަން ހަދައިގެން މިސްކިތުގެ ޖަމާއަތަށް ނުދެވުމެވެ. ނަމާދު ވަޤުތުތައް ފާއިތުވެގެންދާއިރުވެސް އެކަންކަން ކުރަން އުޅެވުމެވެ. ޝައިޠޯނާ ވިސްނައިދޭނީ އޭނާ އެކުރަނީ ޙަލާލުކަމެއް ކަމެވެ. އާނއެކެވެ! އޭނާކުރަނީ ޙަލާލުކަމެކެވެ. ނަމަވެސް ޖަމާއަތަށް ނަމާދަށް ނުދިއުމާއި ވަޤުތު ފާއިތުވާއިރުވެސް ނަމާދުނުކުރެވުނީމާ މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! މިބަޔާންކުރެވުނު ކަންކަމަށް ވިސްނާށެވެ! ޝައިޠޯނާގެ މަޅީގައި ޖެހި ނަމާދުގެ ޖަމާއަތް ދޫކޮށްލާ މީހަކަށް ނުވާށެވެ! ވަޤުތު ފާއިތުވެގެންދާއރުވެސް ނަމާދުނުކޮށް ހުންނަ މީހަކަށް ނުވާށެވެ! ނަމާދުތަކަށް ފުރިހަމައަށް ރައްކައުތެރިވާށެވެ! ޤިޔާމަތް ދުވަހަށް ބިރުވެތިވާށެވެ!

- ޝައިޚް މުޙައްމަދު ބަޖޫރުގެ ދަރުސަކުން

މިއަދު އޮންލައިން