ކަސްޓަމަރުންގެ ޖީބުތަކަށް ވީހާ ލުއިކޮށްދޭން ހެޔޮ އަގުތަކުގައި ރީޓޭލްކޮށް އަދި ހޯލްސޭލްކޮށް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ތާޒާ އޮރެންޖެއް އެންމެ 2 ރުފިޔާއަށް އަގުހެޔޮކޮށްފިއެވެ.
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ މިއަގުގައި އޮރެންޖް ވިއްކާނީ ކުރިއަށް އޮތް 3 ދުވަހު ކަމަށެވެ.
އޮރެންޖުގެ އިތުރުން އުފަންވެލި ޝޮޕްތަކުން މިހާރުވެސް އަގުހެޔޮކޮށް ވިއްކަމުން ގެންދާ ބާވަތްތަކުގެ ތެރޭގައި ލުނބޯކިލޯއެއް 35 ރުފިޔާއަށް، ފޭރު ކިލޯއެއް 40 ރުފިޔާއަށް، 450 ގްރާމްގެ ޗިކަން ލިވަރ ޕެކެޓެއް 10 ރުފިޔާއަށް، ޗިކަން ސްޓޭކް ޕެކެޓެއް 27 ރުފިޔާއަށް، ކެރެޓް ކިލޯއެއް 18 ރުފިޔާއަށް ގެނަދަނީ ވިއްކަމުންނެވެ.
މީގެ އިތުރުން ސަންކްއިކް ފުޅިއެއް 60 ރުފިޔާއަށް އަދި ހުޕްސެން ކްރީމްކޭކަރު ބޮޑު ޕެކެޓެއް 15 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފައެވެ.
މިހުރިހާ ބާވަތްތަކެއް ހޯލްސޭލްކޮށްވެސް ގެންދަނީ ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.