މުއުމިން އަންހެނުންގެ މައްޗަށް ލާޒިމްވެގެންވަނީ ހިލޭފިރިހެނުން ކުރިމަތީގައި އޭނާގެ ޒީނަތްތެރިކަން ފޮރުވުމެވެ. ސޫރަތުއް ނޫރު ގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ)
މާނައަކީ: "އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތައެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެންދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތައެކަނބަލުންގެ أخންނަށް، ނުވަތަ އެކަނބަލުންގެ أخންގެ ފިރިހެންދަރިންނަށް، ނުވަތަ އެކަނބަލުންގެ أختންގެ ފިރިހެން ދަރިންނަށް، ނުވަތައެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށްމިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورةތައްނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތްފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން،ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمنންނޭވެ! ތިޔަބައިމީހުން އެންމެންاللَّهއަށް توبةވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيبލިބުމަށްޓަކައެވެ".
އެހެންކަމުން، ފިރިމީހާ އަށް ދެއްކުމަށްޓަކައި ނުވަތަ ފިރިމީހާ ކުރިމަތީ ޒީނަތްތެރިވުމުގެ ގޮތުން ލޮލުގައި އަނދުން އެޅުމަކުން މައްސަލަ އެއް ނެތެވެ. ނަމަވެސް، ހިލޭފިރިހެނުންނަށް ފެންނަ ހިސާބުގައި ލޮލުގައި އަނދުން އަޅައި ޒީނަތްތެރިވުމަކީ ޙަރާމްކަމެކެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް