ރަމަޟާންމަސް ނިމުނީއެވެ! މިފަދަ ދުޢާތައް ކުރުމުގަ ޘާބިތުވާން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 9ސ
ރަމަޟާންމަސް ނިމުނީއެވެ! މިފަދަ ދުޢާތައް ކުރުމުގަ ޘާބިތުވާން މަސައްކަތްކުރާށެވެ!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން އަހުރެމެންނާއި ބައްދަލުކޮށް އަދި ވަކިވެގެންވެސް ދިއައީއެވެ. ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި ޝައިޠޯނުންތައް މިހާރުވަނީ ކަސްތޮޅުން ވީއްލިފައެވެ. އެ ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާފައިވީއިރުވެސް އަހުރެމެންނަށް އުޅެން ޖެހުނީ ވީއްލި ތިބި ޝައިޠޯނުންތަކުންގެ ނުބައިކަމުން ސަލާމަތް ނުވެވިގެންނެވެ. ވީއިރު މިއަދު އުޅެންޖެހޭނެ ޙާލަށް ވިސްނާށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ވަރަށް ބޮޑަށް އެކަމަށް މަސައްކަތްކުރެވިގެންނެވެ. މަސައްކަތްކުރެވުނުވަރަކުންނެވެ. ވީމާ އަޅުކަންކުރުމުގައި ދޫނުދޭށެވެ! ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވާށެވެ! ފާފައަކަށްވާނެ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރަމުން މިބަޔާންކުރާ ފަދަ ދުޢާތައް ކުރަމުން ގެންދާށެވެ! 

އެމީހަކަށް ހިތްވަރާއި ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

كانَ رَسولُ اللهِ صَلَّى اللَّهُ عليه وَسَلَّمَ يقولُ؛ كانَ يقولُ: اللَّهُمَّ إنِّي أَعُوذُ بكَ مِنَ العَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَالْهَرَمِ، وَعَذَابِ القَبْرِ، اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَن زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللَّهُمَّ إنِّي أَعُوذُ بكَ مِن عِلْمٍ لا يَنْفَعُ، وَمِنْ قَلْبٍ لا يَخْشَعُ، وَمِنْ نَفْسٍ لا تَشْبَعُ، وَمِنْ دَعْوَةٍ لا يُسْتَجَابُ لَهَا.

މާނައީ: ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘެއްގައިވެއެވެ. ރަސޫލާ ވިދާޅުވާ ކަމުގައިވެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާ، ކަންނެތްކަމާއި، (ހެޔޮ ރަނގަޅު ކަންކަމުގައި) ފިނޑިވެގަތުމުންނާއި، ދަހިކަމާއި، މުސްކުޅި ބަލިންނާއި، ޤަބުރުގެ ޢަޛާބުން ރައްކާތެރި ކޮށްދެއްވުން އެދި އިބަ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސަށް ތަޤްވާވެރިކަން ދެއްވާފާނދޭވެ. އަދި އެ ނަފްސު ޠާހިރުކޮށް ދެއްވާފާނދޭވެ! އިބަ އިލާހަކީ ޠާހިރުކޮށްދެއްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. އިބަ އިލާހަކީ އެނަފްސުގެ ވެރިފަރާތެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ފައިދާއެއް ނެތް ޢިލްމުންނާއި، (އިބަރަސްކަލާނގެއަށް) ބިރުވެތިނުވެވޭ ހިތަކުންނާއި، އަދި ފުދިގެންނުވާ ނަފްސަކުންނާއި، އަދި އިޖާބަ ނުކުރެއްވޭ ދުޢާއިން ރައްކާތެރި ކޮށްދދއްވުން އެދި އިނބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.

މި ޙަދީޘުން ލިބޭ ދުޢާތައް؛ 

اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَن زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا

މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސަށް ތަޤްވާވެރިކަން ދެއްވާފާނދޭވެ. އަދި އެ ނަފްސު ޠާހިރުކޮށް ދެއްވާފާނދޭވެ! އިބަ އިލާހަކީ ޠާހިރުކޮށްދެއްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. އިބަ އިލާހަކީ އެނަފްސުގެ ވެރިފަރާތެވެ. 

اللَّهُمَّ إنِّي أَعُوذُ بكَ مِن عِلْمٍ لا يَنْفَعُ، وَمِنْ قَلْبٍ لا يَخْشَعُ، وَمِنْ نَفْسٍ لا تَشْبَعُ، وَمِنْ دَعْوَةٍ لا يُسْتَجَابُ لَهَا.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ފައިދާއެއް ނެތް ޢިލްމުންނާއި، (އިބަރަސްކަލާނގެއަށް) ބިރުވެތިނުވެވޭ ހިތަކުންނާއި، އަދި ފުދިގެންނުވާ ނަފްސަކުންނާއި، އަދި އިޖާބަ ނުކުރެއްވޭ ދުޢާއިން ރައްކާތެރި ކޮށްދެއްވުން އެދި އިނބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.  

قُلتُ لأمِّ سلمةَ : يا أمَّ المؤمنينَ ما كانَ أَكْثرُ دعاءِ رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ إذا كانَ عندَكِ ؟ قالَت : كانَ أَكْثرُ دعائِهِ : يا مُقلِّبَ القلوبِ ثبِّت قلبي على دينِكَ قالَت : فقُلتُ : يا رسولَ اللَّهِ ما أكثرُ دعاءكَ يا مقلِّبَ القلوبِ ثبِّت قلبي على دينِكَ ؟ قالَ : يا أمَّ سلمةَ إنَّهُ لَيسَ آدميٌّ إلَّا وقلبُهُ بينَ أصبُعَيْنِ من أصابعِ اللَّهِ ، فمَن شاءَ أقامَ ، ومن شاءَ أزاغَ . فتلا معاذٌ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا

ސަހްރު ބުން ޙަޝްވަބް ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އުންމު ސަލަމާ ގާތުގައި އެއްސެވީމެވެ. އޭ އުއްމުލް މުއުމިނީންއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކަމަނާ އާއި އެކީގައި އުޅުއްވާއިރު އެންމެ ގިނައިން ކުރައްވާ ދުޢާ އަކީ ކޮއިތޯއެވެ. ދެން އެކަމަނާ ޖަވާބު ދެއްވީ އެންމެ ގިނައިން އެކަލޭގެފާނު ކުރައްވާ ދުޢާ އަކީ يا مُقلِّبَ القلوبِ ثبِّت قلبي على دينِكَ އެވެ. މާނައީ: އޭ ހިތްތައް، އެފުށް މިފުށަށް ޖައްސަވާ އިލާހު! މިއަޅާގެ ހިތް، އިބައިލާހުގެ ދީނުގެ މަތީގައި ސާބިތުކުރައްވާށިއެވެ. " ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ އުއްމު ސަލަމާއެވެ. އޭނާއަކީ އާދަމީއެއް ނޫނެވެ. އޭނާގެ ހިތް ﷲ ގެ އިނގިލިފުޅުތަކުގެ ތެރެއިން އިނގިލިފުޅެއްގައި މެނުވީ، އަދި އެކަން އިރާދަކުރެއްވި މީހަކު ޤާއިމުކޮށް، އިރާދަކުރެއްވި މީހާ އެއްކިބާވެއެވެ. ދެން މުޢާޛްގެފާނު ވިދާޅުވިއެވެ. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! 

ދުޢާ

يا مُقلِّبَ القلوبِ ثبِّت قلبي على دينِكَ

މާނައީ: އޭ ހިތްތައް، އެފުށް މިފުށަށް ޖައްސަވާ އިލާހު! މިއަޅާގެ ހިތް، އިބައިލާހުގެ ދީނުގެ މަތީގައި ސާބިތުކުރައްވާށިއެވެ. " 

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا

މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! 

- ޙަދީޘްތަކާ ދުޢާތަކުގެ މާނަ: ޢާއިޝަތު ރަފާޙް ޢަލީ

މިއަދު އޮންލައިން