ސުންނަތް ނަމާދުކުރަން ފިރިންގެ ހުއްދަ ބޭނުމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ސުންނަތް ނަމާދުކުރަން ފިރިންގެ ހުއްދަ ބޭނުމެއް ނުވާނެ!

ފިރިމީހާގެ ނުރުހުންވަންޏާ ސުންނަތް ކުރެވޭނެހޭ؟ 

ފިރިމީހާގެ ރުހުން ހޯދަން ޖެހެނީ ސުންނަތް ރޯދަ ހިފުމުގައެވެ. ސުންނަތް ނަމާދު ކުރުމުގައްޔާއި އެނޫންވެސް ސުންނަތް ކަންތައްތައް ކުރުމުގައި ފިރިމީހާގެ ރުހުން ހޯދާކަށް ނުޖެހެއެވެ. والله أعلم

"އަނބިމީހާ ސުންނަތް ރޯދައެއް ހިފަން ފިރިމީހާގެ ހުއްދަ ހޯދަންޖެހޭނީ ގާތުގައި ހުރިނަމައެވެ. ދުރު ރަށެއްގައި ހުރިނަމަ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އަދި ދުރުން އަންނަކަން ކުރިން އަންގައި ރޯދައަށް އެދުވަހަކު ނުހުންނަން ބުނެފިނަމަ އެދުވަހަކު ރޯދައަށް ހުރެގެން ނުވާނެއެވެ. ކުރިން ނުއަންގައި ގާތަށް އައިސް ޖިމާޢުވާން އެދުނަސް ރޯދަ ދޫކޮށްލައި އެކަން ކޮށްދޭންވާނެއެވެ.": މުފްތީ މެންކް 

"އަނބިމީހާ ސުންނަތް ރޯދައެއް ހިފަން ފިރިމީހާގެ ހުއްދަ ހޯދަންޖެހޭނީ ގާތުގައި ހުރިނަމައެވެ." ޑރ. އިޔާޟްވެސް ވަނީ ހަމަ މިފަދައިން ވިދާޅުވެފައެވެ. އެހެންކަމަށްވާއިރު ފިރިމީހާ އެހެން ރަށެއްގައި ހުރިނަމަ ސުންނަތް ރޯދަހިފަން އަނބިންނަކަށް އެމީޙުންގެ ފިރިންގެ ކިބައިން ހުއްދަހޯދާކަށް ނުޖެހެއެވެ.  

މިޙަދީޘްފުޅުންވެސް އެނގިގެންދަނީ ފިރިމީހާގފެ ހުއްދަ ބޭނުންވާނީ ކައިރީގައި ހުރިނަމަ ކަމެވެ.  

It was narrated from Abu Hurayrah (may Allaah be pleased with him) that the Prophet (peace and blessings of Allaah be upon him) said:

“It is not permissible for a woman to fast when her husband is present except with his permission.”

Narrated by al-Bukhaari, 5195; Muslim, 1026.  

(މިކަން މިވަރަށް މިފާހަގަކުރީ ބައެއް ފިރިން ރިޒޯޓުތަކުގައި ވަޒީފާއަދާކުރަމުންވެސް ދުރުރަށެއްގައި ހުރެގެންވެސް އަނބިންނަށް މިކަމުގައި ނުފޫޒުފޯރުވަން މަސައްކަތްކުރާކަމުގެ ޝަކުވާ ލިބެމުން އަންނާތީއެވެ.)  

އިތުރު 4 ސުވާލާ ޖަވާބު:  

އަބިފިރިކަމުގެ ގުޅުން ހިންގަނިކޮށް އެމީހުންގެ ކުޑަ ދަރިފުޅު ނިދިން ހޭލާ ރޯން ފެށުމުން، ހިނައިނުގަނެ އެކުއްޖާ ހުއްޓާލެއްވުމަށް އެކުއްޖާގައި ގައި ދެމީހުންކުރެ މީހަކު އަލުލުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖުނުބުވެރި ޙާލަތުގައިވެސް ކުޑަދަރިފުޅު ގައިގައި އަތްލާ އުރާ ހެދެމަކީ ހުއްދަ ކަމެކެވެ. والله أعلم 

ޖަމާތް ނިމުމަށްފަހު ކުރާ ނަމާދު ތަކަށް ނިޔަތް ގަންނާނީ ކިހިނެއް؟ 

ޖަމާޢަތުގައި ނަމާދު ކުރާ ނަމަ ޖަމާޢަތުގައި ކުރާ ކަމަށް ހިތަށް އަރުވާނީ އެވެ. އަދި އެކަނި ކުރާނަމަ އެގޮތަށް ހިތަށް އަރުވާނީ އެވެ. والله أعلم 

ހަނދާންނެތިގެން ނަމާދު ނުކުރެވިހުއްޓާ އޭގެ އެއްދުވަސްފަހުން އެނަމާދު ނުކުރެވޭކަން ހަނދާންވުމުން ދެންހަދާނީ ކިހިނެއްތޯ؟ އަދި އެނަމާދު ކުރުމަށް ނިޔަތް ގަންނާނީ ކިހިނެއް؟ 

މިފަދަ ޙާލަތުގައި ހަނދާންވުމުން އަވަހަށް އެނަމާދެއް ގަޟާ ކުރާނީ އެވެ. والله أعلم 

ވުޟޫކޮށްގެން ހުއްޓާ ދަރިފުޅަށް ކައިރިން ބުއްދީފިކަމަށް ވަންޏާއި ވުޟޫގެއްލޭނެތޯ? 

ގާތުން ބުއްދިނުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. والله أعلم  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން