ކޮންމެ މީހަކުވެސް ހަސަދައާ އެސްފީނާއިން ތިމާ ސަލާމަތްވެ ހުންނަން އެދޭއިރު އެހެން މީހުންނަށް ހަސަދައާ އެސްފީނާ ނުލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކޮންމެ މީހަކުވެސް ހަސަދައާ އެސްފީނާއިން ތިމާ ސަލާމަތްވެ ހުންނަން އެދޭއިރު އެހެން މީހުންނަށް ހަސަދައާ އެސްފީނާ ނުލާށެވެ!: މުފްތީ މެންކް

ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއަކީ އެހެން މީހުންގެ ހަސަދަ އާއި އެސްފީނާއިން ސަލާމަތްވެގެން ހުރެވޭ މީހަކަށް ވުމަށެވެ. އެހެން ކަމަށްވާއިރު ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާއަކީ އެއްވެސް މީހަކަށް ހަސަދަ ނުލައި އެސްފީނާ ނުލައި ހުންނަ މީހަކަށްވުމެވެ. ތިމާއަކީ އެހެން މީހުންނަށް ހަސަދަ ޢާއި އެސްފީނާލާ މީހަކަށްވެގެން ހުރެ އެމީހުންގެ ހަސަދައާއި އެސްފީނާއިން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީވެސް ކިހިނަކުން ހެއްޔެވެ؟

ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެ ކަމަކަށް އެދި ދަންނަވާއިރުވެސް ވިސްނައިލަންޖެހޭނެ ކަމަކީ ތިމާގެ ހުރިހާ ޙަޤީޤަތްތަކެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާކަމެވެ. ހިތަށް އަރާކަންކަންވެސް ދެނެވޮޑިގެންވާ ކަމެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާގެ ހިތް އެންމެހައި ނުބައި ކަންކަމުން ޠޯހިރުކުރުމެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބޭނީ އެހެން މީހުންނަށް އެކަލާނގެ މިންވަރުކުރައްވަވާ ނިޢްމަތްތަކަށް ތިބާ އުފާކުރުމުންނެވެ. ވީމާ އެއްވެސް މީހަކަށް ހަސަދަވެރިނުވާށެވެ! ހަސަދައާއި އެސްފީނާ ލުމުން ތިމާ ސަލާމަތްވެހުރެ އެހެން މީހުންގެ ހަސަދައާއި އެސްފީނާއިން ސަލާމަތްކުރައްވަވައި ދެއްވެވުމަށް އެދޭށެވެ!

ވިސްނާލަންޖެހޭނެ ކަމަކީ އެހެން އެއްވެސް މީހަކަށް އެއްވެސް ދެރަގޮތެއް ވުމަށް އެދޭނަމަ އެމީހާގެ އީމާންކަންވެސް ފުރިހަމަނުވާނެ ކަމެވެ. ވީމާ ފުރަތަމަކަމަކަށް އޮތީ ތިމާގެ އީމާންކަން ފުރިހަމަކުރުމެވެ. ދުޢާކުރަންވާނީ ފުރިހަމަ އީމާންކަންމަތީގައި ހުރެގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން