ﷲ ގެ ކޯފާއާ ޢުޤޫބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ސަޖިދައިގަވެސް ކުރެވިދާނެ ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ﷲ ގެ ކޯފާއާ ޢުޤޫބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ސަޖިދައިގަވެސް ކުރެވިދާނެ ދުޢާއެއް-

މިއީ ﷲ ތަޢާލާގެ ކޯފާއިން ރައްކައުތެރިކަމަށްއެދި ސަޖިދައިގައިވެސް ކުރެވިދާނެ ދުޢާއެކެވެ. މިދުޢާގައި ވަނީ ﷲ ތަޢާލާގެ ޢުޤޫބާތްތަކާއި އެހެންވެސް ގިނަ ކަންތައްތަކަކުން ރައްކައުތެރިކަމަށް އެދިއެވެ. 

"اَللَّهُمَّ إِنِّي أَعُوْذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوْبَتِكَ، وَأَعُوْذُ بِكَ مِنْكَ لاَأُحْصِيْ ثَنَاءًعَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ " 

އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! ހަމަކަށަވަރުން މިއަޅާ އިބަ ﷲގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަ ﷲގެ ޢަފޫކުރެއްވުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަ ﷲގެ ޙަޟަރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲގެ ހަޟްރަތަށް ދަންނަވަމެވެ. އިބަ ﷲ އަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދު ނުކުރެވޭހާ ގިނައެވެ. އިބަ ﷲއީ އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ ފަރާތެވެ.

މިއަދު އޮންލައިން