ހަމައެކަނި ބޮޑެތި މީހުންނަށް ބެލުން ޚާއްޞަ މިވީޑިއޯ ބަލައި މި ހަދީޘްފުޅަށް ވިސްނައިފިނަމަ ފާފަކުރަން ހިތުގަ ބިރުވެރިކަން އުފެދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހަމައެކަނި ބޮޑެތި މީހުންނަށް ބެލުން ޚާއްޞަ މިވީޑިއޯ ބަލައި މި ހަދީޘްފުޅަށް ވިސްނައިފިނަމަ ފާފަކުރަން ހިތުގަ ބިރުވެރިކަން އުފެދޭނެ! އިން ޝާ ﷲ

ލިޔުމުގައިއެވަނީ ޚިޔާލީ މަންޒަރުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެވެ. ވީޑިއޯގައި ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވައްދުވައިދެވޭތޯ މަސައްކަތްކުރައްވާފައި އެވަނީ އައު ކަންތައްތަކަކާއިމެދަކު ނޫނެވެ. މި ޙަދީޘްދުޅަކީ މުސްލިމުން ވަރަށް ފަރިތަ ޙަދީޘްފުޅެކެވެ. އެކަމަކު އެ ޙަދީޘްފުޅަށް ވިސްނައި ބިރުވެތިވެވެނީ ވަރަށް މަދު މީހަކަށެވެ. 

ޤުރްއާން ކިޔަވައި ޢަމަލުނުކުރާ މީހުންނަށާއި ނަމާދުނުކުރާ މީހުންނަށާއި ޒިނޭ އާއި ފާޙިޝް ޢަމަލުތައް ކުރާ މީހުންނަށާއި ދޮގުހަދައި ދޮގުވާހަކަފަތުރާ މީހުންނަށާއި ރިބާ ކައި، ރިބާގެ މުޢާމަލާތުތައްކުރާ މީހުންނަށް ކައްވަޅުގައިވެސް ލިބެމުންދާނެ ގަދަފަދަ ޢަޛާބުގެ ވާހަކައެވެ. 

އެދެނީ ކޮންމެ ކިޔުންތެރިއަކުވެސް މިވީޑިއޯ ބައްލަވައިލެއްވުމެވެ. ހިތަށް ބިރުވެރިކަން ވަދެ މިފަދަ ނުބައި ޢަމަލުތައް ކުރަން ބިރުވެތިވެވޭތޯއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ކައްވަޅުގެ ޢަޛާބުން ސަލާމަތްކަންލިބޭ އަދި ޤިޔާމަތް ދުވަހު ނަރަކައިގެ ޢަޛާބުން ސަލާމަތްވެވޭނެ ބައަކު ކަމުގައި މިންވަރުކުރެއްވެވުމެވެ. 

މިޙަދީޘްފުޅާއިބެހޭ ގޮތުން މިއަދުނޫހުގައި މިހާރުވެސް ވާނީ ވަރަށް ގިނަ ލިޔުންތައް ޝާއިޢުކުރެވިފައެވެ. 

މިވީޑިއޯ ތައްޔާރުކުރި ފަރާތުން އެދިފައިވަނީ ކުޑަކުދިންނަށް މިވީޑިއޯ ނުދެއްކުމަށެވެ. 

ނަޞޭޙަތަކީ ތައުބާވެ ފާފަކުރުމުން ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރުމެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްކުރެއްވެވުން އެދި މުލްކް ސޫރަތާއި އެހެންވެސް ޛިކުރުތައް ކިޔަވަމުން ދިއުމެވެ. ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެވޭނެ ފަދަ މީހެއްގެ ގޮތުގައި ދުނިޔެ ދޫކުރަން މަސައްކަތްކުރުމެވެ. އަޅުގަނޑުމެން އެންމެންނަކީވެސް އެފަދަ ބައަކު ކަމުގައި ލައްވަވާށި! އާމީން 

ގުޅުންހުރި ވީޑިއޯ:

 

 

މިއަދު އޮންލައިން