ޢިއްދައިގެ މުއްދަތުގަ އަންހެނުންނަށް ދޮން ދިނުމަކީ ކައިވެނި ރުޖޫޢަވާނެކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޢިއްދައިގެ މުއްދަތުގަ އަންހެނުންނަށް ދޮން ދިނުމަކީ ކައިވެނި ރުޖޫޢަވާނެކަމެއްތޯ؟

ޢިއްދައިގެ މުއްދަތުގައި އަންހެނުންނަށް ދޮން ދިނުމަކީ ކައިވެނި ރުޖޫޢަވާނެކަމެއްތޯ؟ 

މި މައްސަލައިގައި ޢިލްމުވެރިންގެ ރައުޔުތައް ތިރީގައި މިވަނީއެވެ. 

1.    ޙަނަފީ މަޛްހަބު: ރުޖޫޢަ ކުރުމުގެ ނިޔަތެއް ނެތިވެސް، އިއްދާގެ ތެރޭގައި އަނބިމީހާގެ ގައިގާ ޝަހްވަތާ އެކު ބީހުނު ނަމަވެސް، ބޮސް ދިންނަމަވެސް، ޖިމާޢުވީނަމަވެސް، ކައިވެނި ރުޖޫޢަވާނެއެވެ.  

2.    މާލިކީ މަޛްހަބު: ޢިއްދާގެ ތެރޭގައި ޖިމާޢުވެއްޖެނަމަ ކައިވެނި ރުޖޫޢަވާނެއެވެ. ޝަހްވަތާއި އެކު ދޮނެއްދިނުމުން ކައިވެނި ރުޖޫޢަވާނީ ރުޖޫޢަ ކުރުމުގެ ނިޔަތުގައި ބޮސްދީފިނަމައެވެ.  

3.    ޝާފިޢީ މަޛްހަބު: ރުޖޫޢަ ކުރުމުގެ ނިޔަތެއް އޮތްނަމަވެސް އަދި ނެތްނަމަވެސް، ޖިމާޢުވެގެންނެއް، އަދި ބޮސްދީގެންނެއް ކައިވެނި ރުޖޫޢަ އެއް ނުވާނެއެވެ.  

4.    ޙަންބަލީ މަޛްހަބު: ޖިމާޢު ވުމާއި ބޮސްދިނުމާއި ތަފާތެވެ. އެގޮތުން ރުޖޫޢަ ކުރުމުގެ ނިޔަތެއް ނެތިވެސް ޖިމާޢުވެއްޖެނަމަ ކައިވެނި ރުޖޫޢަވާނެއެވެ. ބޮސްދިނުމުން ކައިވެނި ރުޖޫޢަ ވުމާއި މެދުގައި އެބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.   

ރާޖިޙް ގޮތަކީ: ބޮސްދިނުމަކުން ކައިވެނި ރުޖޫޢަ ނުވާނެ ކަމެވެ. އެއީ ރުޖޫޢަ ކުރުމުގެ ނިޔަތާއި އެކު ބޮސްދިން ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. والله أعلم  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދު އޮންލައިން