ނުބައި ޢަމަލެއްކުރަން ޝައިޠޯނާ ވަސްވާސްދޭކަމަށް ޝައްކުވެއްޖެނަމަ އެމީހަކު އެވަޤުތު ކުރަންހުރި ކަމަކުންވެސް، ތަނަކުންވެސް ދުރަށް ޖެހިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ނުބައި ޢަމަލެއްކުރަން ޝައިޠޯނާ ވަސްވާސްދޭކަމަށް ޝައްކުވެއްޖެނަމަ އެމީހަކު އެވަޤުތު ކުރަންހުރި ކަމަކުންވެސް، ތަނަކުންވެސް ދުރަށް ޖެހިލާށެވެ!

ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތާއި ރައްކައުތެރިކަން ލިބުން އޮތީ ޝައިޠޯނާގެ ވަސްވާސްތަކާއި ދުރުހެލިވެވުނު ވަރަކުންނެވެ. ޝައިޠޯނާ އަކީ މީސްތަކުން މަގުފުރައްދުވައި މީސްތަކުން ލައްވައި ނުބައި ޢަލަުތައް ކުރުވަން މަސައްކަތްކުރުމުގައި ކަންނެތްވާނެ އެއްޗެއް ނޫނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މީސްތަކުން ލައްވައި ފާފަކުރުވަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާނެއެވެ. 

އަޅުގަޑުމެން އަބަދުމެ ކުރާ ދުޢާ އެއްގައިވެއެވެ. 

(ربنا لا تؤاخذنا إن نسينا أو أخطأنا) 

މާނައަކީ: "ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އަޅަމެން ހަނދާން ނެތިގެން ކުރެވިފައިވާ ކަންތަކާއި، ނޭނގިގެން ކުރެވިފައިވާ ކަންތަކަށް އަދަބު ނުދެއްވާ ފާންދޭވެ". 

އެހެންކަމުން، އިޚްތިޔާރުން ބޭރުގައި ވަސްވާސް ހިތަށް ވަނުމުން އެކަމުން ދުރުހެލިވެވޭތޯ މަސައްކަތް ކުރާށެވެ. އަދި އަޢޫޛު ކިޔާ އެވަގުތަކު ކުރަން ހުރި ކަމަކުން ދުރަށް ޖެހިލާށެވެ. 

މިއަދު އޮންލައިން