އަމިއްލަ ނަފްސާ ކޮށްލަން މުހިންމު ސުވާލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަމިއްލަ ނަފްސާ ކޮށްލަން މުހިންމު ސުވާލެއް!

ތިމާއަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފައިދާއެއް ނުކުރާނެ ކަންކަމުގައި 3، 4 ގަޑިއިރު ހާދަކުރާއިރު ފަރުޟު އަދި ސުންނަތް ނަމާދުތައްކުރުމަށާއި ޛިކުރުކުރުމުގައި އެންމެ 1 ގަޑިއިރު ހޭދަނުކުރެވޭ މީހާގެ ހިތުގައި ﷲ ތަޢަލާއަށް އޮތީ ކޮން ލޯތްބެއްހެއްޔެވެ؟ 

އަދި އެފަދަ މީހަކީ އާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށްވެދާނެ ހެއްޔެވެ؟ 

މިކަންކަމަށް ވިސްނައި ކޮންމެދުވަހަކުވެސް މަދުވެގެން އެންމެ ގަދިއެއްގެ އިރު ނަމަވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން ހޭދަކުރަން މަސައްކަތްކުރާށެވެ. 

އަހުރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައި ބުނަމެވެ. މުޅި ދުވާލުގެ ހުރިހާ ވަޤުތެއްގެ ތެރެއިން 2 ގަޑިއިރު އަޅުކަމުގައި ހޭދަކުރާ މީހަކަށް ފަރުޟް 5 ނަމާދާއި ރަވާތިބް ސުންނަތްތައް ކުރެވޭނެއެވެ. 3 ގަޑިއިރު ހޭދަކުރެވޭނަމަ ފުރިހަމަ ގޮތުގައި ރޭއަޅުކަންކޮށް ޤުރްއާން ކިޔަވައި ޛިކުރްތައްވެސް ކުރެވޭނެއެވެ. އިން ޝާ ﷲ 

އެކަންކަމަށް މަސައްކަތް ނުކޮށް ރެއާއި ދުވާ ހޭދަކުރާ މީހަކަށް އާޚިރަތް ދުވަހު އޮންނާނީ ކޮން ސަލާމަތްކަމެއް ހެއްޔެވެ؟ ވީމާ މިއުފެއްދި ސުވާލުތައް ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއިކޮށްލައި ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަމާ ހިނގާށެވެ! ކާމިޔާބީއަކީ މަސައްކަތްކުރާ މީހުންގެ ޙައްޤެކެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން