މިއީ އިނގިރޭސިވިލާތަށް ނިޞްބަތްވާ ބަރްބަރް އަހްމަދު ނަމަކަށް ކިޔާ މުސްލިމެކެވެ. އޭނާ ބުނާ ގޮތުން އޭނާއަށް 5 ފަހަރެއްގެ މަތިން ވަނީ ވަރަށް އާދައާ ޚިލާފް މީރުވަހެއް އިޙްޞާޞްކުރެވިފައެވެ. އަދި އޭނާ ފަދައިން އެތަންތަނުގައި ތިބި އެހެން އަޚުންނަށްވެސް އެވަސް ވަނީ އިޙްޞާޞްކުރެވިފައެވެ.
ޢިލްމްވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކޮށް އޭނާ ބުނެފައިވަނީ އެއްވެސް ހުވަދެއް ނެތް ތަންތަނުން މިފަދަ މީރުވަސް ދުވަނީ އެތަނަކަށް މަލާއިކަތުން ވަޑައިގެންނެވުމުން ކަމަށެވެ. އަދި މިފަދަ ކަންކަން މީސްތަކުންނަށް ދައްކަވަނީ އެމީހަކަށް ހިތްވަރު ދެއްވެވުމަށް ކަމަށެވެ.
އަހްމަދު ބުނާގޮތުން 2009 ވަނަ އަހަރު ޖަލުބަންދުގައި ހުއްޓައި އޭނާއަށް އެވަސްދުވިރޭ، އޭނާއާއި ޖެހިގެން ހުންނަ ގޮޅީގައި ބަންދުކޮށްފައި ހުރިމީހަކަށް ވަރަށް ތަފާތު ކަމެއް އިޙްޞާޞް ކުރެވުނެވެ. އެއީ އަޅުކަންކުރަން ހުއްޓައި ފާރުފޫއަޅުވާލާފައި ޓޯވެއް ފަދަ އެއްޗަކުން އޭނާގެ މޫނަށް އައްޔެއް އެޅުނުކަމެވެ.
މިކަމަކީ އަޙްމަދު ނޫންވެސް ބައެއް މުސްލިމުންނަށް އިޙްޞާޞްކުރެވޭ ކަމެކެވެ. އެއިގެ ތެރޭގައި ބޮޑެތި ޢިލްމުވެރިންވެސް ހިމެނެއެވެ.
މިފަދަ ކަންކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ގުޅުންހުރި ވީޑިއޯ: